މޯލްޑިވިއަންގެ ކެބިން ކްރޫއަކާއި ޒުވާބު ކުރި މައްސަލައެއް ބަލަނީ

ގައުމީ އެއާލައިން މޯލްޑިވިއަންގެ ފްލައިޓެއްގެ ތެރޭގައި ކެބިން ކްރޫ އަކާއި ފަސް މީހަކު ޒުވާބުކޮށް އިންޒާރު ދިން މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ. މިހާދިސާ ހިނގި ކަމަށްވަނީ މިރޭ މާލެ ...

25 May 2018 | 18:28

ގައުމީ އެއާލައިން މޯލްޑިވިއަންގެ ފްލައިޓެއްގެ ތެރޭގައި ކެބިން ކްރޫ އަކާއި ފަސް މީހަކު ޒުވާބުކޮށް އިންޒާރު ދިން މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.

މިހާދިސާ ހިނގި ކަމަށްވަނީ މިރޭ މާލެ އިން ކައްދޫ-ކޫއްޑޫ އަށް ދިޔަ ފްލައިޓު ތެރޭގައި އެވެ. ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވީ ހުތުރު ބަހުން ކެބިން ކްރޫއަކާއި މުހާތަބުކޮށް އޭނާއަށް ފަސް މީހަކު އިންޒާރު ދިން މައްސަލައެއް ހުށަހެޅިފައިވާ ކަމަށެވެ.

އެކަމަކު އިތުރު ތަފްސީލެއް ނުދެއްވަ އެވެ. ހާދިސާ ހިނގަން މެދުވެރި ސަބަބެއް ނޭނގެ އެވެ. އެކަމަކު އޮފިސަރު ވިދާޅުވީ އެ ފަސް މީހުން މިހާރު ތިބީ ކައްދޫ ޕޮލިސް ސްޓޭޝަންގެ ފުލުހުންގެ ބެލުމުގެ ދަށުގައި ކަަމަށެވެ.

ފަހުން އެމީހުން ވަނީ ގަން ޕޮލިސް ސްޓޭޝަނަށް ގެންގޮސްފައި އެވެ.

މިކަމާ ގުޅޭގޮތުން މޯލްޑިވިއަން އަން އިން އެއްޗެއް އަދި ހާމައެއް ނުކުރެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް