ހޮޅިއެއް ފަޅައިގެން ގޮސް މާލޭގެ ތިން ސަރަހައްދަކުން ފެން ކެނޑިއްޖެ

ފެން ހޮޅިތަކަކަށް ގެއްލުންވެ މާލޭގެ ތިން ސަރަހައްދަކުން ފެނުގެ ހިދުމަތް މެދުކެނޑިއްޖެ އެވެ. އެމްޑަބްލިއުއެސްސީން ބުނީ މައްސަލަ ހައްލު ކުރުމަށް ފަހު އަލުން އެ ސަރަހައްދުތަކަށް ފެން ދޫކުރަން ތިން ގަޑި އ...

25 May 2018 | 18:00

ފެން ހޮޅިތަކަކަށް ގެއްލުންވެ މާލޭގެ ތިން ސަރަހައްދަކުން ފެނުގެ ހިދުމަތް މެދުކެނޑިއްޖެ އެވެ.

އެމްޑަބްލިއުއެސްސީން ބުނީ މައްސަލަ ހައްލު ކުރުމަށް ފަހު އަލުން އެ ސަރަހައްދުތަކަށް ފެން ދޫކުރަން ތިން ގަޑި އިރެއްހާއިރު ނަގާނެ ކަމަށެވެ. އެ ކުންފުނިން ބުނީ ހަލާކުވި ފެން ހޮޅިތަކަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާ ކަމަށެވެ.

ފެނުގެ ހިދުމަތް ވަގުތީ ގޮތުން ކެނޑިފައި ވަނީ 25، 54 އަދި 55 ނަމްބަރު ބްލޮކުންނެވެ. އެއީ މޫންލައިޓް ހިނގުމާއި ރަތްވިލާ ހިނގުން ގުޅޭ ސަރަހައްދު، ބުރުޒު މަގާއި  ޖަނަވަރީ މަގު ގުޅޭ ސަރަހައްދު އަދި ޖަނަވަރީ ހިނގުމާއި މޫނިމާ ހިނގުން ގުޅޭ ސަރަހައްދެވެ.

މިމައްސަލަ ހައްލުކުރުމައްޓަކައި އެމްޑަބްލިއުއެސްސީގެ ޓެކްނިކަލް ޓީމުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާ ކަމަށް އެކުންފުނިން ބުނެއެވެ. ހިދުމަތް މެދުކެނޑިފައިވަނީ މިރޭ 9:30 ހާއިރު އެވެ.

މި ހާދިސާ ހިނގަން މެދުވެރިވީ ހައުސިން މިނިސްޓްރީން މާލޭގައި ކުރިއަށް ގެންދާ " މާލޭ ރިންގް ރޯޑް" މަޝްރޫއުގެ މަސައްކަތް ކުރުމުގެ ތެރޭގައި ފެން ހޮޅިއެއް ފަޅައިގެން ގޮސް ގެންނެވެ.

އެމްޑަބްލިއުއެސްސީން ވަނީ ދިމާވެދާނެ ދަތިތަކަށް އާންމުންގެ ކިބައިން މައާފަށް އެދިފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް