ތޫފާނު މެކުނު މެދުއިރުމަތީގެ ގައުމުތަކަށް ފޯރާފައިވާއިރު ޔަމަނުން 40 މީހަކު ގެއްލިއްޖެ އެވެ. ގިނައިން ގެއްލިފައިވަނީ މަސްވެރި ކަމުގައި އުޅުނު މީހުންނެވެ.
ގެއްލުނު މީހުންގެ ތެރޭގައި ޔަމަނަށާއި އިންޑިއާ އަދި ސޫދާނަށް ނިސްބަތްވާ މީހުން ހިމެނެ އެވެ. އޮމާނުގައި ތޫފާނުގެ އަސަރު ބޮޑަށް ކޮސްފައިވަނީ ޔަމަނުގެ އައްސޭރީގައި އޮމާނާ ގާތުން އޮންނަ ދަ އައިލެންޑް އޮފް ސޮކޮޓްރާ އިންނެވެ.
ޔަމަނުގެ އޮފިޝަލުން ބުނެފައިވާގޮތުގައި މި ތޫފާނާއި ގުޅިގެން އެ ސަރަހައްދުން މިހާތަނަށް، 230 އާއިލާއެއް ސަލާމަތީ އައްސޭރިތަކަށް މިހާރު ވަނީ ގެންގޮސްފައި އެވެ.
އެ އޮފިޝަލުން ބުނެފައިވަނީ ތޫފާނުގައި ބޯކޮށް ވާރޭ ވެހި ސޮކޮޓްރާގެ މަގުތަކުގައި ފެންބޮޑުވެ އެތައް ހާސް ޖަނަވާރެއް މަރުވެފައިވާކަމަށާއި ބައެއް ސަރަހައްދުތަކުން ކަރަންޓުވެސް ކެނޑިފައިވާކަމަށެވެ.
މި ތޫފާނުގެ ސަބަބުން ހާލުގައި ޖެހުނު ފަރާތްތަކަށް ސައުދީންނާއި އެކުވެރި އަރަބި އިމާރާތުން އެހީތެރިކަން މިހާރު ވަނީ ފޯރުކޮށްދޭން ފަށާފަ އެވެ.
މި ތޫފާނު ޔަމަނަށް އަރާފައިވާއިރު އޮމާނަށް މި ތުފާނުގެ އަސަރު މިހާރު ކުރަމުން އަންނާތީ އޮމާނުން ވަނީ ދުރާލާ ތައްޔާރު ވެފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް