އުތުރުން ފެށިގެން ލ އަތޮޅާއި ހަމައަށް ޔެލޯ އެލާޓް

މިހާރު ރާއްޖެއަށް ކުރަމުން މި އަންނަ ވިއްސާރައިގާ މޫސުން ގޯސްވެދާނެ ކަމަށް ލަފާކޮށް މޫސުމާއިބެހޭ ގައުމީ އިދާރާއިން ޔެލޯ އެލާޓް ނެރެފި އެވެ. މި އެލާޓް ނެރެފައިވަނީ ހއ އަތޮޅުން ފެށިގެން ލ އަތޮޅާއި ދެމެދ...

25 May 2018 | 11:17

މިހާރު ރާއްޖެއަށް ކުރަމުން މި އަންނަ ވިއްސާރައިގާ މޫސުން ގޯސްވެދާނެ ކަމަށް ލަފާކޮށް މޫސުމާއިބެހޭ ގައުމީ އިދާރާއިން ޔެލޯ އެލާޓް ނެރެފި އެވެ.

މި އެލާޓް ނެރެފައިވަނީ ހއ އަތޮޅުން ފެށިގެން ލ އަތޮޅާއި ދެމެދުގެ އަތޮޅު ތަކަށެވެ.

މެޓް އޮފީހުގެ މި އެލާޓްގައި ބުނެފައިވާގޮތުގައި މިއަދު މެންދުރު ފަހު 03:00 އިން ފެށިގެން މިރޭ 07:00 އާއި ހަމަ އަށް ހއ އަތޮޅާއި ލ އަތޮޅާއި ދެމެދުގެ އަތޮޅުތަކުގެ ރަށްތަކަށް ބޯކޮށް ވާރޭ ވެހުން އެކަށީގެންވާކަމަށެވެ.

އަދި އެވްރެޖްކޮށް އެ ސަރަހައްދުގައި ގަޑިއަކު 30 މޭލާއި 40 މޭލާއި ދެމެދުގެ މިނެއްގައި ވައި ޖެހޭނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު 55 މޭލަށް ވައި ގަދަވުން އެކަށީގެންވާކަމުގައިވެސް މެޓް އޮފީހުގެ އެލާޓްގައި ބުނެފައި ވެ އެވެ.

މީގެ އިތުރުން ހަމަ އެ ވަގުތުތަކުގައި އެ ސަރަހައްދުތަގައި ކަނޑު ގަދަވުން އެކަށީގެންވާކަމުގައިވެސް މެޓް އޮފީހުގެ އެލާޓްގައި ވެ އެވެ.

މެޓް އޮފީހުން ވައިޓް އެލާޓް ނެރެފައިވާއިރު މެދުއިރުމަތީގެ ބައެއް ގައުމުތަކަށް މިހާރު އަރާފައިވާ ތޫފާނު މެކުނުގެ އަސަރު ރާއްޖެއަށް ކުރާނެ ކަމުގައިވެސް މެޓް އޮފީހުން އިއްޔެ ބުނެފައި ވެ އެވެ.

މޫސުން ގޯސްވާ ދުވަސް ދުވަހު ކަނޑުމަތީގެ ނުރައްކާތެރި ހާދިސާތައް ހިނގަަމުން އަންނައިރު ކަނޑު ދަތުރުފަތުރު ކުރުމުގައި މޫސުމަށް ސަމާލުވުމަށް ކަމާއިބެހޭ ފަރާތްތަކުން އިލްތިމާސް ކުރެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް