ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗް ދިރާގު ޓިވީ އެޕުން ބެލޭނެ

މޯބައިލް ފޯން ނުވަތަ މޯބައިލް ޑިވައިސް ބޭނުންކޮށްގެން މި އަހަރުގެ ޗެމްޕިއަންސް ލީގްގެ ފައިނަލް މެޗް ދިރާގު ޓީވީ އެޕް މެދުވެރިކޮށް ބަލާލެވޭނެ ގޮތް އެ ކުންފުނިން ހަމަޖައްސައިފި އެވެ. ފަސޭހަކަމާ އެކު ބޭނ...

25 May 2018 | 08:30

މޯބައިލް ފޯން ނުވަތަ މޯބައިލް ޑިވައިސް ބޭނުންކޮށްގެން މި އަހަރުގެ ޗެމްޕިއަންސް ލީގްގެ ފައިނަލް މެޗް ދިރާގު ޓީވީ އެޕް މެދުވެރިކޮށް ބަލާލެވޭނެ ގޮތް އެ ކުންފުނިން ހަމަޖައްސައިފި އެވެ.

ފަސޭހަކަމާ އެކު ބޭނުން ތަނެއްގައި، ބޭނުން ވަގުތަކު ހުރެގެން މި ހިދުމަތް ހޯދުމަށް ދިރާގު ޓީވީގެ ކަސްޓަމަރުން އިތުރު އެއްވެސް ފީއެއް ދައްކާކަށް ނުޖެހޭނެ އެވެ.  ދިރާގު ޓީވީން ފެންނަ އެންމެ މަގުބޫލު ޗެނަލްތައް ދިރާގު ޓީވީ އެޕް މެދުވެރިކޮށް ބަލައިލެވޭނެ އެވެ.

އެ ކުންފުނިން ބުނީ، ދިރާގު ޓީވީ އެޕް މެދުވެރިކޮށް ދިވެހި ހުރިހާ ޗެނަލެއް ދުނިޔޭގެ ކޮންމެ ތަނެއްގައި ހުރެގެން ވެސް ފަސޭހަކަމާ އެކު ބަލައިލެވޭނެ ކަމަށެވެ. ރާއްޖެ އިން ބޭރުގައި އުޅޭ މީހުންނާއި ދިރާގު ޓީވީ ޚިދުމަތް ނުހޯދާ މީހުންނަށް ދިރާގު ޓީވީ އެޕްގައި ޔޫޒާ ނޭމް އާއި ޕާސްވޯޑަށް "play" ޖެހުމުން ދިވެހި ހުރިހާ ޗެނަލްތަކެއް ބަލައިލެވޭނެ ކަމަށް ދިރާގުން ބުންޏެވެ.

އެ ކުންފުނިން ބުނިގޮތުގައި، ދިރާގު ޓީވީ އެޕް މެދުވެރިކޮށް އެއްފަހަރާ ހަތަރު މޯބައިލް ޑިވައިސްއަކުން ދިރާގު ޓީވީގެ ޚިދުމަތް ލިބޭނެ އެވެ. މިގޮތުން ވަކިވަކި ޑިވައިސްތަކުން އެއްފަހަރާ ތަފާތު ޗެނަލްތައް ބަލާލެވޭނެ ކަމަށް ވެސް ދިރާގުން ބުންޏެވެ.

"ދިރާގު ޓީވީ އެޕުން މި ފަހަރުގެ ޗެމްޕިއަންސް ލީގް ފައިނަލް މެޗް ފަސޭހަކަމާ އެކު ބަލާލެވޭނެ އެވެ. ޓީވީގައި އެހެން އެއްޗެއް ބަލަމުން ދިޔަ ކަމުގައި ވިޔަސް އަދި ގެއިން ބޭރުގައި ހުންނަން ޖެހުނު ކަމުގައި ވިޔަސް ދިރާގު ޓީވީ އެޕް މެދުވެރިކޮށް މެޗްގެ އެއްވެސް ބައެއް ނުގެއްލި ބަލާލެވޭނެ އެވެ." ދިރާގުން ނެރުނު ބަޔާނުގައި ވެ އެވެ.

ދިރާގު ޓީވީގެ ކަސްޓަމަރުންނަށް ދިރާގު ޓީވީ އެޕް އެޕަލް އެޕް ސްޓޯރު އަދި ގޫގްލް ޕްލޭސްޓޯރުން ހިލޭ ޑައުންލޯޑް ކުރެވޭނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް