ހުމާއި ރޯގާއަށް ހާއްސަ ކްލިނިކެއް ހުޅުމާލޭ ހޮސްޕިޓަލްގައި ހުޅުވައިފި

ހަލުވި ކަމާއި އެކު ހުމާއި އަރިދަފުސް ރޯގާ ފެތުރެމުންދާތީ ހުޅުމާލޭ ހޮސްޕިޓަލްގައި ހާއްސަ ފްލޫ ކްލިނިކެއް ހުޅުވައިފި އެވެ. ހުޅުމާލޭ ހޮސްޕިޓަލް ހިންގާ އާސަންދަ ކުންފުނީގެ މީޑިއާ އޮފިސަރު އާޝިއާ ސޯލިހު ވި...

25 May 2018 | 03:45

ހަލުވި ކަމާއި އެކު ހުމާއި އަރިދަފުސް ރޯގާ ފެތުރެމުންދާތީ ހުޅުމާލޭ ހޮސްޕިޓަލްގައި ހާއްސަ ފްލޫ ކްލިނިކެއް ހުޅުވައިފި އެވެ.

ހުޅުމާލޭ ހޮސްޕިޓަލް ހިންގާ އާސަންދަ ކުންފުނީގެ މީޑިއާ އޮފިސަރު އާޝިއާ ސޯލިހު ވިދާޅުވީ މި ދުވަސް ވަރު އެ ހޮސްޕިޓަލަށްވެސް ހުމާއި ރޯގާ ޖެހިގެން ކޮންމެ ދުވަހަކު ޑޮކްޓަރަށް ދައްކަން ދާ މީހުން ގެ އަދަދު އަދަޔާ ހިލާފަށް އިތުރުވެފައިވާ ކަމަށެވެ. މި ކްލިނިކް ހުޅުވުމުގެ ބޭނުމަކީ ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފަސޭހަ ކަމާއި އެކު މާލެ ނުގޮސް ޑޮކްޓަރަށް ދެއްކޭނެ އިންތިޒާމު ހަމަޖައްސައިދިނުން ކަމަށް އޭނާ ވިދާޅުވި އެވެ.

މި ކްލިނިކް ހުޅުވިފައި ހުންނާނީ މިއަދުން ފެށިގެން ކޮންމެ ދުވަހަކު ހެނދުނު 8:00 ން މެންދަމު 12:00 އަށެވެ.

ހުޅުމާލޭ ހޮސްޕިޓަލުގެ އިތުރުން އޭޑީކޭ ހޮސްޕިޓަލުގައި ވެސް ވަނީ ހުމާ ރޯގާއަށް ހާއްސަ ފީވާ ކްލިނިކެއް ހުޅުވާފައި އެވެ. އެ ހޮސްޕިޓަލުން ބުނީ މިމަހުގެ ތެރޭގައި ހުން އައިސްގެން ޑޮކްޓަރަށް ދައްކާ މީހުން އެއް ދުވަހުން އަނެއް ދުވަހަށް އިތުރުވަމުން ދާ ކަމަށެވެ. އެގޮތުން ހަމައެކަނި މިދިޔަ ހޯމަ ދުވަހުވެސް 200 މީހުން ހުން އައިސްގެން ޑޮކްޓަރަށް ދެއްކި ކަމަށެވެ.

މި ދުވަސްވަރަކީ ކޮންމެ އަހަރަކުވެސް ހުމާއި ޑެންޑީ އަދި އިންފްލުއެންޒާ ފަދަ ބަލިތައް ފެތުރޭ ދުވަސް ވަރަކަށް ވާތީ އެޗްޕީއޭއިން ވަނީ ރައްކާތެރި ކަމުގެ ފިޔަވަޅު އެޅުމަށް އިލްތިމާސްކޮށްފައި އެވެ.

މުޅި ރާއްޖޭގައި މި ބަލިތަށް ފެތުރެމުންދާއިރު އިންފްލުއެންޒާ އޭ އަށް ޕޮޒިޓިވް ވި އުމުރުން ދުވަސްވީ މީހަކު ވަނީ މަރުވެފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް