ރަމަޟާން މަހު ދީނީ ކޮންޓެންޓް ގެނެސްދިނުމަށް ދުވަހުން ޖަމިއްޔަތުއްސަަލަފާއެކު އެއްބަސްވުމެއްގައި ސޮއި ކޮށްފި

މި ރަމަޝާން މަހު ދުވަހުގެ ކިޔުންތެރިންނަށް ދީނީ ކޮންޓެންޓް ގެނެސްދިނުމަށް ޖަމިއްޔަތުއްސަލަފް އާއި އެކު ދުވަސް ނޫހުން އެއްބަސްވުމެއްގައި ސޮއި ކޮށްފި އެވެ. އަންގާރަ ދުވަހުގެރޭ ސަލަފްގެ އޮފީހުގައި ސޮއި ކ...

25 May 2017 | 05:52

މި ރަމަޝާން މަހު ދުވަހުގެ ކިޔުންތެރިންނަށް ދީނީ ކޮންޓެންޓް ގެނެސްދިނުމަށް ޖަމިއްޔަތުއްސަލަފް އާއި އެކު ދުވަސް ނޫހުން އެއްބަސްވުމެއްގައި ސޮއި ކޮށްފި އެވެ.

އަންގާރަ ދުވަހުގެރޭ ސަލަފްގެ އޮފީހުގައި ސޮއި ކުރެވުނު އެއްބަސްވުމުގައި ސަލަފް ޖަމިއްޔާގެ ފަރާތުން ސޮއި ކުރެއްވީ އެ ޖަމިއްޔާގެ ނައިބު ރައީސް ޝެއިޚް ޙަސަން މޫސާ ފިކުރީ އެވެ. ދުވަސް ނޫހުގެ ފަރާތުން ސޮއި ކުރެއްވީ ނޫހުގެ އެޑިޓަރ އަޒްމީ އަލީ އެވެ.

މި އެއްބަސްވުމުގެ ދަށުން މި ރަމަޝާން މަހުގައި ސަލަފް އާއެކު ދީނީ ގިނަ ކޮންޓެންޓްތަކެއް ކިޔުންތެރިންނާއި ހަމައަށް ގެނެސްދެވޭނެ އެވެ. އަދި ޖަމިއްޔަތުއްސަލަފް އިން މި ރަމަޟާން މަހު ކުރިއަށްގެންދާ ދީނީ ދަރުސްތަކާއި އެކި ހަރަކާތްތަކުގެ ކަވަރޭޖް ގެނެސްދެވޭނެ އެވެ. މީގެ އިތުރުން ޖައްމިޔަތުއްސަލަފާއި ގުޅިގެން ދީނީ ސުވާލު މުބާރާތެއްވެސް ކުރިއަށް ގެންދިއުމަށްވަނީ ހަމަޖެހިފަ އެވެ.

ކުރީ އަހަރުގެ ރަމަޟާން މަހެކޭ އެއްފަދައިން މި ރަމަޝާން މަހުވެސް ތަފާތު ގިނަ ސެގްމެންޓްތަކެއް މި ނޫހުން ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް