"ވަޓްސް ނެކްސްޓް" އާއި އޮރެންޖު ކުލައިގެ ހަގީގަތް، ދިރާގުގެ ލޯގޯ އާއި ކުލަ ބަދަލުވެއްޖެ

ރާއްޖޭގެ އެންމެ ބޮޑު މުއާސަލާތީ ކުންފުނި، ދިރާގުގެ ލޯގޯ އާއި ކުލަ މި ރެ އިން ފެށިގެން ބަދަލު ކޮށްފި އެވެ. ރެއިން ފެށިގެން ދިރާގުގެ ލޯގޯ އާއި ކުލަ އޮރެންޖު ކުލައަށް ވަނީ ބަދަލުކޮށްފައި އެވެ. ދިރާގުގެ އ...

25 May 2017 | 04:03

ރާއްޖޭގެ އެންމެ ބޮޑު މުއާސަލާތީ ކުންފުނި، ދިރާގުގެ ލޯގޯ އާއި ކުލަ މި ރެ އިން ފެށިގެން ބަދަލު ކޮށްފި އެވެ.

ރެއިން ފެށިގެން ދިރާގުގެ ލޯގޯ އާއި ކުލަ އޮރެންޖު ކުލައަށް ވަނީ ބަދަލުކޮށްފައި އެވެ. ދިރާގުގެ އާ ލޯގޯ އިން ދައްކައިދެނީ އަތްތިލައެއްގެ ތެރެއިން ސިމްޕަލް ޑީ އަކުރެކެވެ.

އެކަމަކު މި ބަދަލު ގެނެސްފައިވަނީ އާންމުކޮށް އެންގުމަކާއި ނުލައި އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ރޭ ވަނީ ދިރާގުން މި ކަމަށްޓަކައި ރަސްމިއްޔާތެއް ބާއްވާފައި އެވެ. އެ ރަސްމިއްޔާތުގައި ބައިވެރިވީ މުވައްޒަފުންނެވެ.

މާލެ ތެރެއާއި ބައެއް ރަށްރަށް އޮރެންޖުވެ، "ވަޓްސް ނެކްސްޓް" ގެ ނަމުގައި ސޯޝަލް މީޑިއާ އާއި މާލޭގެ މަގުތަކުގައި ކުރިޔަށް ގެންދިޔަ ކެމްޕެއިންގެ ސަބަބުން ބައެއް މީހުން ތިބީ ވާނުވާ ނޭނގިފަ އެވެ. އިއްޔެ ހެނދުނު އިރު އެރި އިރު ލިލީ މަގުގެ މަތީގައި ހުރީ ހުސް އޮރެންޖު ކުޑަ އެވެ. މަގުމަތިން ހިނގާފައި ދަނިކޮށް އޮރެންޖު ހެދުމާއި، އޮރެންޖު ލޮލީ އާއި އޮރެންޖު ވިގް ޖަހައިގެން ތިބޭ މީހުންވެސް ފެނެ އެވެ. އަދި "އަޓްސް ނެކްސްޓް" ޖަހާފައި ހުންނަ ސައިކަލްތަކާކާއި އެހެންވެ ތަފާތު އެއްޗެހި ފެނެ އެވެ.

ބައެއް މީހުން ވަނީ އެއީ ދިރާގުގެ ކަމެއް ކަމަށްވެސް ބުނެފަ އެވެ. ހަމަ ވީ އެހެންނެވެ. ދިރާގު ން މި ވަނީ ތިން ވަނަ ފަހަރަށް އެ ކުންފުނީގެ ލޯގޯ އާއި ކުލައަށް ބަދަލު ގެނެސްފައި އެވެ.

މި ބަދަލާއި އެކު ދިރާގުން ރަސްމީކޮށް އެއްޗެއް ހާމަ ނުކުރި ނަމަވެސް ދިރާގުގެ ސޯޝަލް މީޑިއާ އެކައުންޓުތަކާއި ވެބްސައިޓަށް ވަނީ ބަދަލު ގެނެސްފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް