ހަތް ކޮއިލުގެ ރަސްކަމުގެ ބޭނުމުގައި ބަޔަކު ކުރާ ހަނގުރާމަ ދައްކުވައިދޭ އެޗްބީއޯގެ ޓީވީ ސީޒީޒް ގޭމް އޮފް ތްރޯންސްގެ އޮފިޝަލް ފުލް ޓްރެއިލާ މިއަދު ރިލީޒްކޮށްފި އެވެ.
ގޭމް އޮފް ތްރޯނަސްގެ އޮފިޝަލް ޔޫޓިއުބް ޗެނަލްގައި ޝަޢިއުކޮށްފައިވާ އެ ޓްރެއިލާއިން ފެނިގެންދަނީ ސީރީޒްގެ ބެލުންތެރިން ކެތްމަދުވެފައިވާ ގޭމް އޮފް ތްރޯންސްގެ ބޮޑު ހަނގުރާމަ ފެށޭތަނެވެ.
https://www.youtube.com/watch?v=giYeaKsXnsI
ޓްރެއިލާއިން ފެންނަނީ މިހާރު ހަތް ކޮއިލުގެ މައްޗަށް ރަނިކަންކުރާ ސާރސީ ލެނިސްޓަރ (ލީނާ ހޭޑޭ) އާއި ކިންގް އޮފް ނޯރތް، ޖޯން ސްނޯ (ކިޓް ހެރިގްޓަން) އެމީހުންގެ ލަޝްކަރު ބޮޑު ހަނގުރާމައަށް ތައްޔާރުކުރާތަނެވެ. އަދި ޑްރެގަން ކުއީން، ޑެނޭރިއަސް ޓަރގޭރިއަން (އެމިލިއާ ކްލާރކް)، އޭނާގެ ލަޝްކަރާއި ޑްރެގަންތަކާއެކު އަޔަން ތްރޯންގެ މައްޗަށް ވެރިވުމަށް ވެސްޓޮރޮސް އަށް އަންނަތަނެވެ.
ގޭމް އޮފް ތްރޯންސްގެ ސީޒަން ހަތެއް ރިލީޒްކުރާނީ އަންނަ ޖުލައިމަހުގެ 16 ވަނަ ދުވަހު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް