ބޮމުގެ ހަމަލާއަކުން ޕާކިސްތާނުގެ ރައީސްގެ ދަރިކަލުން ސަލާމަތްވެއްޖެ

މަގުމަތީގައި ދިން ބޮމުގެ ހަމަލާއަކު ޕާކިސްތާނުގެ ރައީސްގެ ދަރިކަލުން ސަލާމަތްވެފައިވާކަމަށް އެގައުމުގެ ފުލުހުން ބުނެފި އެވެ. ޕާކިސްތާނު ފުލުހުން އިއްޔެ ހަވީރުގެ ވަގުތެއްގައި ބަލުޗިސްތާނު ޕްރޮވިންސްގައ...

25 May 2015 | 14:06

މަގުމަތީގައި ދިން ބޮމުގެ ހަމަލާއަކު ޕާކިސްތާނުގެ ރައީސްގެ ދަރިކަލުން ސަލާމަތްވެފައިވާކަމަށް އެގައުމުގެ ފުލުހުން ބުނެފި އެވެ.

ޕާކިސްތާނު ފުލުހުން އިއްޔެ ހަވީރުގެ ވަގުތެއްގައި ބަލުޗިސްތާނު ޕްރޮވިންސްގައި ދިން އެ ބޮމުގެ ހަމަލާގައި ތިން މީހަކު މަރުވެ 15 މީހަކު ޒަހަމްވި ކަމަށެވެ.

ފުލުހުން ބުނީ ބޮން ގޮއްވާލާފައިވަނީ ސައިކަލެއްގައި ހަރުކޮށްގެން ރިމޯޓަކުން ކަމަށާއި އެވަގުތަކީ ރައީސްގެ ދަރިކަލުން ސުލޭމާން މަމްނޫން އެ ސަރަހައްދުން ދަތުރު ކުރި ވަގުތު ކަމަށެވެ.

މި ހަމަލާގެ ޒިންމާ އަދި އެއްވެސް ފަރާތަކުން އުފުލާފައެއް ނުވެ އެވެ. ރައީސް މަމްނޫން ހުސެއިން ރައީސް ކަމަށް ވަޑައިގެންނވީ ސެޕްޓެމްބަރު 2013 ގަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް