ލާމު ލިންކް ރޯޑު ހެދުމުގެ މަސައްކަތުގައި ބޭނުންކުރަމުންދިޔަ ހައިމާކެއްގައި ރޯވެއްޖެ އެވެ.
ދުވަހަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ ހާދިސާ ހިނގީ ރޭގެ ވަގުތެއްގައި ކަމަށާއި ހައިމާކުގައި ރޯވީ ވެލި ނެގުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ކަމަށެވެ.
"ރޭ 22:30 ހާއިރު ގަމާ ފޮނަދުއާ ދެމެދު ލިންކްރޯޑް ހެދުމުގެ މަސައްކަތުގަ ބޭނުންކުރި އެކްސްކަވޭޓަރެއްގައި ރޯވީ، މަސައްކަތް ކުރަމުން ދަނިކޮށް، އޭރު މަސައްކަތް ކުރަމުންދިޔައީ ގަމު ތުނޑީ ކޮޅުގައި" ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވާކަމަށް މައުލޫމާތު ލިބެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް