މަޝްވަރާތަކުގައި ނަޝީދު ބައިވެރި ކުރެވެން ނެތްކަމަށް ސަރުކާރުން ބުނެފި

އިދިކޮޅު ފަރާތްތަކާއި އެކު ސަރުކާޜުން ބާއްވާ މަޝްވަރާތަކުގައި އެމްޑީޕީގެ ފަރާތުން ކުރީގެ ރައީސް މުހައްމަދު ނަޝީދު ބައިވެރިކުރަން ބޭނުންވިޔަސް އެކަން ވާން ނެތްކަމަށް ސަރުކާރުން ބުނެފި އެވެ. ރައީސް އޮފީ...

25 May 2015 | 10:50

އިދިކޮޅު ފަރާތްތަކާއި އެކު ސަރުކާޜުން ބާއްވާ މަޝްވަރާތަކުގައި އެމްޑީޕީގެ ފަރާތުން ކުރީގެ ރައީސް މުހައްމަދު ނަޝީދު ބައިވެރިކުރަން ބޭނުންވިޔަސް އެކަން ވާން ނެތްކަމަށް ސަރުކާރުން ބުނެފި އެވެ.

ރައީސް އޮފީހުގެ ތަރުޖަމާން އިބުރާހިމް މުއާޒު އަލީ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ އެމްޑީޕީން ހުށަހެޅި ނަންފުޅުގެ ތެރޭގައި ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ ބޭފުޅަކު ހިމަނާފައިވާތީ އެ ފުރުސަތު ދެވެން ނެތްކަމަށެވެ. އެ ބޭފުޅަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ.

މުއާޒު އިތުރުށް ވިދާޅުވެފައިވަނީ ތިން ޕާޓީން ހުށަހަޅާފައިވާ ފަރާތްތަކަށް ގާނޫނީ، ސިއްހީ ޖިސްމާނީ އަދި އިދާރީ އެއްވެސް ހުރަހެތް ނެތްނަމަ މަޝްވަރާއާއިގެން ކުރިޔަށް ދާން ސަރުކާރު ތައްޔާރަށް އޮތް ކަމަށެވެ.

އެމްޑީޕީގެ އިތުރުން އަދާލަތު ޕާޓީންވެސް ވަނީ ސަރުކާރާއި އެކު އެ ޕާޓިން މަޝްވަރާގައި ބައިވެރިވާ ބޭފުޅުންގެ ތެރޭގައި ފުލުހުންގެ ބަންދުގައި ހުންނެވި ޕާޓީގެ ރައީސް ޝައިހް އިމްރާން އަބްދުﷲ ހިމަނާފަ އެވެ. އެކަމާއި ގުޅޭގޮތުން މުއާޒު އެއްޗެއް ވިދާޅުވެފައެއް ނުވެ އެވެ.

އެ މަޝްވަރާތަކުގައި އެއްވެސް ޝަރުތަކާއި ނުލާ ބައިވެރިވާން ހުށަހަޅާފައިވަނީ ޖުމްހޫރީ ޕާޓިން އެކަންޏެވެ. މިހާރު އިދިކޮޅު ތިން ޕާޓީންވެސް މަޝްވަރާގައި ބައިވެރިވާނެ ބޭފުޅުންގެ ނަންތަށް ސަރުކާރަށް ފޮނުވާފައިވާއިރު މަޝްވަރާތަށް އޮންނާނެ ދުވަހެއް އަދި އިއުލާނެއް ނުކުރެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް