އިނގިރޭސި އާ ސަފީރު ފުރަތަމަ ފަހަރަށް ރާއްޖެ ވަޑައިގެންފި

އިނގިރޭސި ވިލާތުން ރާއްޖެ އާއި ސްރީ ލަންކާ އަށް ކަނޑައެޅުއްވި އާ ސަފީރު ޖޭމްސް ޑޯރިސް، މަގާމާ ހަވާލުވެވަޑައިގަތުމަަށް ފަހު ފުރަތަމަ ފަހަރަށް ރާއްޖެ ވަޑައިގެންފި އެވެ. ޖޭމްސް ވަނީ ސަފީރު ކަމުގެ ފަތްކޮޅ...

25 May 2015 | 09:28

އިނގިރޭސި ވިލާތުން ރާއްޖެ އާއި ސްރީ ލަންކާ އަށް ކަނޑައެޅުއްވި އާ ސަފީރު ޖޭމްސް ޑޯރިސް، މަގާމާ ހަވާލުވެވަޑައިގަތުމަަށް ފަހު ފުރަތަމަ ފަހަރަށް ރާއްޖެ ވަޑައިގެންފި އެވެ.

ޖޭމްސް ވަނީ ސަފީރު ކަމުގެ ފަތްކޮޅު ރައީސް އަބްދުﷲ ޔާމީނަށް މިއަދު އަރުވާފަ އެވެ.

ރައީސް އޮފީހުގައި އޮތް އެ ރަސްމިއްޔާތަށް ފަހު ދެ ބޭފުޅުން ބައްދަލުކުރައްވައި ރާއްޖެ އާއި އިނގިރޭސި ވިލާތާ ދެމެދު އޮންނަ ގުޅުމާ ބެހޭ ގޮތުން މަޝްވަރާކުރެއްވި އެވެ.

އިނގިރޭސި ސަފީރެއްގެ ގޮތުގައި ކުރިން ޕެރޫގައި ހުންނެވި ޖޭމްސް، ރާއްޖެ އާއި ލަންކާގެ ސަފީރުގެ ގޮތުގައި ހަމަޖައްސާފައި ވަނީ މިދިޔަ ޑިސެމްބަރު މަހު އެވެ. އޭނާ މަގާމާ ހަވާލުވެވަޑައިގަތީ، ރާއްޖެ އާއި ލަންކާ އަށް ކަނޑައަޅާފައި ހުންނެވި ސަފީރު ޖޯން ރެންކިންގެ މުއްދަތު ހަމަވުމުން، މިދިޔަ މަހު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް