ރައީސާއި ނައިބް ރައީސް ކަމަށް ކުރިމަތިލެވޭ އުމުރަށް ބަދަލު ގެނައުމަށް އިސްލާހު ހުށަހަޅައިފި

ރައީސް ކަމުގެ މަގާމާއި ނައިބް ރައީސްގެ މަގާމަށް ކުރިމަތިލެވޭ އުމުރަކީ 30 އަހަރާއި 65 އަހަރާ ދެމެދު ކަމަށް ކަނޑައެޅުމަށް، ގާނޫނު އަސާސީ އިސްލާހުކުރުމުގެ ބިލެއް ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފި އެވެ. ...

25 May 2015 | 09:20

ރައީސް ކަމުގެ މަގާމާއި ނައިބް ރައީސްގެ މަގާމަށް ކުރިމަތިލެވޭ އުމުރަކީ 30 އަހަރާއި 65 އަހަރާ ދެމެދު ކަމަށް ކަނޑައެޅުމަށް، ގާނޫނު އަސާސީ އިސްލާހުކުރުމުގެ ބިލެއް ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފި އެވެ.

މިހާރު ގާނޫނުއަސާސީގެ 109 ވަނަ މާއްދާގެ (ނ) ގައި ބުނެފައިވާ ގޮތުން، ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ކުރިމަތިލެވޭނެ އެންމެ ހަގު އުމުރަކީ 35 އަހަރެވެ. ނަމަވެސް އެ މަގާމު ފުރޭނެ އެންމެ ދޮށީ އުމުރެއް ގާނޫނުއަސާސީގައި ބުނެފައެއް ނުވެ އެވެ.

ހޯރަފުށި ދާއިރާގެ މުހައްމަދު އިސްމާއީލް ހުށަހެޅުއްވި މި އިސްލާހުގައި ވާގޮތުން ރައީސްކަމަށާއި ނައިބް ރައީސް ކަމަށް ކުރިމަތިލެވޭނީ އުމުރުން 30 އަހަރާއި 65 އަހަރާއި ދެމެދުގެ މީޙުންނަށެވެ.

މީގެ ކުރިން ވެސް އެ މެންބަރު ވަނީ، އުމުރުން 65 އަހަރުވެފައިވާ މީހުންނަށް ރައީސްކަމުގެ މަގާމަށް ކުރިމަތިނުލެވޭ ގޮތަށް ގާނޫނުއަސާސީ އަށް އިސްލާހެއް ހުށަހަޅުއްވާފަ އެވެ.

އެ އިސްލާހުގެ ސަބަބުން، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަށް 2018ގެ ރިއާސީ އިންތިހާބުގައި ވާދަނުކުރެއްވޭ ގޮތް ވާނެތީ، އުފެދުނު ސިޔާސީ ދެބަސްވުންތަކާ އެކު، މިދިޔަ މާޗް މަހުގެ ތިން ވަނަ ދުވަހު އެ އިސްލާހު އަނބުރާ ގެންދެވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް