ނައިޓް މާކެޓް މިއަދު ހަވީރު ހުޅުވަނީ

ވިޔަފާރިވެރިންގެ ޖަމިއްޔާއިން އިންތިޒާމްކޮށްގެން ބާއްވާ ނައިޓް މާކެޓް މިއަދު ހަވީރު ތަފާތު ހަރަކާތްތަކާއި އެކު ހުޅުވާނެ ކަމަށް އެ ޖަމިއްޔާއިން ބުނެފި އެވެ. ވިޔަފާރިވެރިންގެ ޖަމިއްޔާގެ ނައިބް ރައީސް އި...

25 May 2015 | 07:10

ވިޔަފާރިވެރިންގެ ޖަމިއްޔާއިން އިންތިޒާމްކޮށްގެން ބާއްވާ ނައިޓް މާކެޓް މިއަދު ހަވީރު ތަފާތު ހަރަކާތްތަކާއި އެކު ހުޅުވާނެ ކަމަށް އެ ޖަމިއްޔާއިން ބުނެފި އެވެ.

ވިޔަފާރިވެރިންގެ ޖަމިއްޔާގެ ނައިބް ރައީސް އިސްމާއިލް އާސިފް ވިދާޅުވީ ނައިޓް މާކެޓް ރަސްމީކޮށް ހުޅުވާނީ މިއަދު ހަވީރު 05:00 ގައި ކަމަށެވެ. އަދި މާކެޓް ހުޅުވުމުގެ ގޮތުން ބާއްވާ ހަރަކާތްތަކުގެ ތެރޭގައި "ޕެރަމޯޓާ" ފްލައިޓްގެ ހަރަކާތްތަކެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ އެ ހަރަކާތަކީ ނައިޓް މާކެޓް ހުޅުވުމާއި މިނިވަން 50 ފާހަގަ ކުރުމުގެ ގޮތުން ކުރިޔަށް ގެންދާ ހަރަކާތެއްކަމަށެވެ.

ޕެރަމޯޓާ އަކީ އިންޖީނު ހަރުކޮށްފައިވާ ބުރަފައްޗެއްގެ އެހީގައި މީހުން އުދުހުމަށް ބޭނުންކުރާ އެއްޗެކެވެ. އެގޮތުން ވަކި ވަގުތެއް ވަންދެން އުދުހުމަށްފަހު ވައިކުޑައެއްގެ އެހީގައި ބިމަށް ތިރުކުރާނެ އެވެ.

500 މޭޒާއެކު ކުރިޔަށް ގެންދާ ނައިޓް މާކެޓް މިއަދުން ފެށިގެން އަންނަ މަހުގެ ދޭކަށް ކުރިޔަށް ގެންދާނެ އެވެ.

މިފަހަރުގެ ނައިޓް މާކެޓް އޮންނާނީ ރާޅުގަނޑު ސަރަހައްދު ޓަސްކަލޫސާ ކައިރިން އެސްޓީއޯ ޕެޓްރޯލް ޝެޑާއި ހަމައަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް