ބޯހަންޔޫ ކަރަ ބޮރޫ – ވަގުން އަތުލައިގަތުމަށް ޖަޕާނުމީހުން އުފެއްދި ބޯޅައެއް

ޖަޕާނުގެ ފިހާރަތަކުގެ ކޭޝް ކައުންޓަރުން އޮރެންޖު ކުލައިގެ ބޯޅަތަކެއް ފެންނަން ހުންނާނެ އެވެ. މިއަކީ ތޯތޯ ބޯޅައެއް ނޫނެވެ. ވަގުން އަތުލައިގަތުމަށް ޖަޕާނު މީޙުން އުފައްދާފައިވާ ޓެކްނޮލޮޖީ އެކެވެ. ހަދަން...

25 May 2015 | 06:48

ޖަޕާނުގެ ފިހާރަތަކުގެ ކޭޝް ކައުންޓަރުން އޮރެންޖު ކުލައިގެ ބޯޅަތަކެއް ފެންނަން ހުންނާނެ އެވެ. މިއަކީ ތޯތޯ ބޯޅައެއް ނޫނެވެ. ވަގުން އަތުލައިގަތުމަށް ޖަޕާނު މީޙުން އުފައްދާފައިވާ ޓެކްނޮލޮޖީ އެކެވެ.

ހަދަން ޖެހޭ ގޮތަކީ މީހަކު ވަގަށް އެއްޗެއްނަގައިގެން ދުއްވައިގެންފިނަ އެ ބޯޅައިން ވަގުކަލޭގެ ގައިގާ ޖެހުމެވެ. ނޫނީ ވަގުކަލޭގެ ދުވެފައިދާއިރު ފައި ކައިރިއަށް ބޯޅަޖެހިޔަސް ފުދެއެވެ. ވަގު ކަލޭގެ އަތުލައިގަތުމުގެ ބާކީބައި ކުރިއަށްގެންދާނީ ފުލުހުންނެވެ!

"އެ ބޯޅައިގާ ހުންނާނީ ވަރަށް ވަރުގަދަ ކުލައެއް، އެ ކުލަ މީހެއްގެ ގައިގާ ޖެހިއްޖެނަމަ އެ ކުލަ ފިލުވާލަން ވަރަށް އުނދަގޫވާނެ، އަނެއްކާ އަލިކޮށްލައިފިނަމަ އެ ކުލަ ދިއްލެންވެސް ދިއްލޭނެ، މިހެންވުމުން ފުލުހުންނަށް ފަސޭހަ ވާނެ ވަގުން ހޯދަން" މި ބޯޅަ އީޖާދުކުރި ފަރާތުން ބުނެފައި ވެ އެވެ.

މި ބޯޅަ އީޖާދު ކުރިތާ އަހަރަކަށްވުރެ ގިނަދުވަސްވެފައިވީނަމަވެސް މި ބޯޅަ ބޭނުންކޮށްފައިވަނީ ވަރަށް މަދު ހާލަތެއްގައި ކަމަށް ދިރާސާއަކުންވަނީ ދައްކާފަ އެވެ. ނަމަވެސް ބޯޅަ އީޖާދު ކުރި ފަރާތުން ބުނަނީ މަދު ހާލަތެއްގައި ބޯޅަ ބޭނުންކޮށްފައިވަނީ މުވައްޒަފުންނަށް ރަނގަޅަށް ތަމްރީނު ނުދޭތީ ކަމަށެވެ. އަދި އެ ކުންފުނިން މިހާރު ސޭޓުން ތަމްރީނު ކުރުމުގެ ޕްރޮގްރާމެއް ފަށާފައިވާނެ ކަމަށްވެސް އެ ކުންފުނިން ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް