މަސްވެރިކަމުގެ ކޯޕަރޭޓިވްސްއަށް އަހުލުވެރިކުރުވުމަށް މ.ވޭވަށުގައި ހިންގި ޕްރޮގްރާމް ނިންމާލައިފި

މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗާ އިން މ.ވޭވަށުގައި ކުރިއަށް ގެންދިޔަ މަސްވެރިކަމުގެ ކޯޕަރޭޓިވްސް އަށް އަހުލުކުރުމަށް ހިންގި ޕްރޮގްރާމް ނިންމާލައިފި އެވެ. މިނިސްޓްރީން ބުނީ މަސްވެރިކަމަކީ ޒ...

25 May 2015 | 06:09

މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗާ އިން މ.ވޭވަށުގައި ކުރިއަށް ގެންދިޔަ މަސްވެރިކަމުގެ ކޯޕަރޭޓިވްސް އަށް އަހުލުކުރުމަށް ހިންގި ޕްރޮގްރާމް ނިންމާލައިފި އެވެ.

މިނިސްޓްރީން ބުނީ މަސްވެރިކަމަކީ ޒުވާނުން ޝައުޤުވެރިވާ ސިނާއަތަކަށް ހެދުމަށް ސަރުކާރުން ކަނޑައަޅުއްވާފައިވާ އަމާޒު ހާސިލް ކުރުމަށްޓަކައި މަސްވެރިކަމުގެ އުފެއްދުންތައް މާކެޓްކޮށް މަސްވެރިކަމުގެ ވިޔަފާރީގެ ފުރުޞަތުތައް ކޯޕަރޭޓިވްސް މެދުވެރިކޮށް ރައްޔިތުންނަށް ފޯރުކޮށްދީ، މިކަމަށް ޒުވާނުން އަޙުލުވެރިކުރުވުމުގެ ގޮތުން މިމިނިސްޓްރީން ހިންގަމުން ގެންދާ މަސްވެރިކަމުގެ ކޯޕަރޭޓިވްސްތައް އުފައްދައި، އެކަމަށް އަޙްލުވެރި ކުރުވުމަށް މ. ވޭވަށުގައި 17 – 22 މެއި 2015އަށް ހިންގި " ޖަމާއަތެއްގެ ގޮތުގައި މަހާއި މަހުން ބާވަތްތައް އުފައްދާ ތަރައްޤީކުރުންމަށް ދޭ ތަމްރީނު" ޕްރޮގްރާމް ނިންމާލާފައިވާކަމަށެވެ.

މިތަމްރީނު ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ ކްލާހުގައި ކިޔަވައިދޭ ބަޔަކާއި އެ މައުޞޫއުތަކާގުޅޭ ޢަމަލީގޮތުން މަސައްކަތްކޮށް ތަޖްރިބާ ހޯދުމުގެ ބައެއް ކަމަށާއި މިތަމްރީން ޕްރޮގްރާމްގައި ބައިވެރިނަން މަޢުލޫމާތު ދީފައިވާ ބައިތަކުގެތެރޭގައި މަސް ކުނިވާން ދިމާވާ ސަބަބުތަކާއި، ކާނާ ރައްކާތެރިކަމާއެކު ގެންގުޅޭނެގޮތާއި، އައު ވިޔަފާރިއެއް ފެށުމަށްޓަކައި ބޭނުންވާ މަޢުލޫމާތައި، ވިޔަފާރީގެ ޙަރަދާއި ވިޔަފާރި ބަލަހައްޓާނެގޮތާއި، ޕެކޭޖިންގ އެންޑް ލޭބަލިންގ އަދި ޖަމާއަތެއްގެ ގޮތުގައި ވިޔަފާރި އުސޫލުން މަސައްކަތް ކުރާނޭގޮތް (ކޯޕަރޭޓިވްސް) އާއިބެހޭ މަޢުލޫމާތު ބައިވެރިނަށް ފުޅާދާއިރާއެއްގައި ފޯރުކޮށްދީފައިވާނެ ކަމަށްވެސް އެ މިނިސްޓްރީން ބުނެ އެވެ.

މިޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ބޭއްވީ 22 މެއި 2015 ވަނަ ދުވަހުގެ ރޭ މ. ވޭވަށު ސުކޫލުގައެވެ. މި ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވީ މ.ވޭވަށު ކައުންސިލް މެމްބަރު އަލްފާޟިލާ ސިތުނާ މުޙައްމަދު އެވެ. މިހަފްލާގައި މ. ވޭވަށު ކައުންސިލްގެ މެމްބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

މިކޯސް 23 ބޭފުޅުން ވަނީ ފުރިހަމަކޮށްފައިވާއިރު ކޯހުގެ ބައިވެރިންނަށް ތަމްރީންއާއި އިރުޝާދު ދެއްވީ މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރގެ ދެ މުވައްޒަފުން ކަމަށްވެސް އެ މިނިސްޓްރީން ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް