ރައުދުގެ ބަންދު މުއްދަތު އަމުރުން ބޮޑު ދެ ވާހަކައެއް – ހަމަނުޖެހުމެއް ހިނގި، ޔުމްނު ވީތަނެއް ނޭނގޭ ކަމަށް ބުނި

ހ. މިޓާޒްގައި ހުރި ގުދަނުގެ ފުރާޅުމައްސަޗަށް، އުމުރުން 21 އަހަރުގެ ޔުމްނު ރަޝީދު ވެއްޓިފައި އޮއްވާ ފެނުނު މައްސަލައިގާ ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހާފައިވާ އުމުރުން 21 އަހަރުގެ ރައުދު އަހްމަދު ޒި...

25 Apr 2025 | 18:02

ހ. މިޓާޒްގައި ހުރި ގުދަނުގެ ފުރާޅުމައްސަޗަށް، އުމުރުން 21 އަހަރުގެ ޔުމްނު ރަޝީދު ވެއްޓިފައި އޮއްވާ ފެނުނު މައްސަލައިގާ ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހާފައިވާ އުމުރުން 21 އަހަރުގެ ރައުދު އަހްމަދު ޒިލާލްގެ ބަންދު އަމުރު މުއްދަތު ކޯޓު އަމުރުން ބޮޑު ދެ ވާހަކައެއް ފެންމަތިވެއްޖެއެވެ.

ބަންދަށް ފަސް ދުވަހުގެ މުއްދަތެއް ދީފައިވާ އެ ކޯޓު އަމުރުން ފާހަގަވި އެއް ކަމަކީ ޔުމްނު އާއި ރައުދު އާއި ދެމެދު ހަމަނުޖެހުންތަކެއް ހިނގިކަން އެނގޭކަމަށް ފުލުހުން ބުނެފައިވާ ބުނުމާއި ހާދިސާއަށް މާ ގިނައިރުތަކެއް ނުވަނީ ޔުމްނު ކޮބައިތޯ ސުވާލުކުރުމް ޔުމްނު ވީ ތަނެއް ނޭނގޭ ކަމަށް ބުނި ބުނުމާއި އަދި ވެއްޓުނީ ކަމަށް ބެލެވޭ ކަމަށް ބުނި ބުނުމުގެ ވާހަކައެވެ.

މި މަހުގެ 18 ވީ ހުކުރު ދުވަހުގެ ފަތިހު ވަގުތު ޔުމްނު ވެއްޓިފައި އޮއްވާ ފެނުނު މައްސަލައިގާ ރައުދު ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހާފައިވާއިރު މި މައްސަލައިގާ އިތުރު ހަ މީހަކު ފުރުން ވަނީ މަނާކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް