ހެންވޭރު އިމާރާތަކުން އަންހެންކުއްޖަކު ވެއްޓުނު މައްސަލައިގައި ހައްޔަރުކުރި ރައުދު އަހުމަދު ޒިލާލުގެ ބަންދަށް 5 ދުވަސް ޖަހައިފިއެވެ.
އަންހެންކުއްޖާ ވެއްޓުުނު މައްސަލައިގައި ތުހުމަތު ކުރެވޭތީ ރައުދު ހައްޔަރުކޮށްފައި ވަނީ ރޭ 18:20ގައެވެ.
ފުލުހުން މިއަދު ބުނީ އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ފަސް ދުވަހަށް ބަންދު ކުރުމަށް އަމުރު ކޮށްފައިވާ ކަމަށެވެ.
މިދިޔަ ހުކުރު ދުވަހުގެ ރޭ ހ. ފެންޓޯނިއާ ގޭގެ ނުވަ ވަނަ ފަންގިފިލާއިން ވެއްޓި، ގުދަނެއްގެ ފުރާޅުމަތީގައި އޮއްވާ ފެނުނީ ހައްވާ ޔުމްނު ރަޝީދު 21އ އެވެ.
ފުރާޅުމައްޗައް ވެއްޓުނު ހައްވާ ޔުމްނު ރަޝީދު 21އ ހިމެނޭހެން ހަތް މީހެއްގެ ފޯނު ވެސް ކޯޓު އަމުރެއްގެ ދަށުން ހިފަހައްޓާފައިވާ ކަމަށާއި މިކަމާއި ގުޅިގެން މިހާރު ދެ ގެއެއްވެސް ބަލާ ފާސްކޮށްފައިވާ ކަމަށް އިއްޔެ ފުލުހުން ބުނެފައި ވެއެވެ.
މީގެ އިތުރުން އެ މައްސަލައިގައި މާންދޫގެ ޓެރަސްއާއި އެގޭގެ ދެވަނަ އަދި ހަތަރު ވަނަ ފަންގިފިލާގެ އިތުރުން ކަށިވެލި ތިންވަނަ ފަންގި ފިލާވެސް ބަލާ ފާސްކޮށްފައިވާ ކަމަށް ފުލުހުން ބުނެފައި ވެއެވެ. އަދި ވެއްޓުނު އިމާރާތަށް ދިއުމުގެ ކުރިން ބުރާސްފަތި ދުވަހުގެ ރޭ ޔުމްނުއާއެެކު އުޅުނު 8 މީހުންގެ ޕާސްޕޯޓުވެސް ހިފަހައްޓާފައިވާ ކަމަށާއި އެ މީހުނާއި ގުޅުން ހުރި ތަންތަން ބަލާ ފާސްކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ފުލުހުން ހާމަކުރެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް