ރައީސް ޔާމިންގެ ޕާޓީ އީސީގައި ރަޖިސްޓްރީ ކޮށްދީފި

ޕީޕަލްސް ނޭޝަނަލް ފްރޮންޓްގެ ނަމުގައި ކުރީގެ ރައީސް އަބްދުﷲ ޔާމިން އުފެއްދި ޕާޓީ މިއަދު އީސީގައި ރަޖިސްޓަރ ކޮށްދީފިއެވެ. މިކަމާއި ގުޅިގެން ޕާޓީގެ ރަޖިސްޓްރީގެ ފޮޓޯއެއް ހިއްސާކޮށް މުހައްމަދު މަލީހު ޖަަ...

25 Apr 2024 | 12:09

ޕީޕަލްސް ނޭޝަނަލް ފްރޮންޓްގެ ނަމުގައި ކުރީގެ ރައީސް އަބްދުﷲ ޔާމިން އުފެއްދި ޕާޓީ މިއަދު އީސީގައި ރަޖިސްޓަރ ކޮށްދީފިއެވެ.

މިކަމާއި ގުޅިގެން ޕާޓީގެ ރަޖިސްޓްރީގެ ފޮޓޯއެއް ހިއްސާކޮށް މުހައްމަދު މަލީހު ޖަަމާލް ވަނީ އެކްސްގައި ޕޯސްޓެއް ކޮށްފައެވެ.

މި ޕޯސްޓުގައި މަލީހު ބުނެފައި ވަނީ " ޕާޓީގެ ބާނީ ދައުލަތުގެ އަނިޔާގަ ،ޕާޓީ އުފައްދާ ޖަލްސާ ހުއްޓުވަން ކަރަންޓު ނުދީ ސަރުކާރުން އެތައް މެންބަރުންނަށް ކުރީ އަނިޔާ، އެންމެ ފަހުން ރާޅު ގަނޑު ދަށުގައި ޕާޓީ އުފަން ކުރަން ޖެހުނީ." މަލީހު ބުނެފައި ވެއެވެ.

މީގެ އިތުުރުން މަލީހު ބުނެފައިވަނީ، އެއީ މާޒީ ކަމަށް އަދި ޕާޓީ ދާނީ ކުރިއަށް ކަމަށް ށެވެ.

ވިހި ވަނަ ރައްޔިތުންގެ މަޖިލީސް އިންތިހާބުގައިވެސް ޕީއެންއެފްގެ ކެނޑިޑޭޓުންވަނީ ވާދަކުރައްވާފައެވެ. އެހެން ނަމަވެސް ޕީއެންއެފްއަށް އެއްވެސް ގޮނޑިއެއް ކާމިޔާބު ވެފައެއް ނުވެއެވެ.

މި މަހުު9 ވަނަ ދުވަހު ޕީއެންއެފްއިން ޣިޔާސުއްސީން ސުކޫލުގައި ބާއްވަން އުޅުނު ބައްދަލުވުން ބޭއްވުނަ ނުދިނުމަށް ސަރުކާރުން މަސައްކަތް ކުރަމުން ދާކަމަށް އެ ޕާޓީއިން ތުހުމަތުކޮށްފައިވެއެވެ. ބައްދަލުވުން ބޭއްވުމަށް ވަގުތު ކުޑަތަން ވެފައި ވަނިކޮށް ފުލުހުން ގޮސްވަނީ ގޭޓު ބަންދުކޮށް ޣިޔާސުއްދީން ސުކޫލުގައި ހަރަކާތްތެރިވެފައެވެ. މިކަމާ ގުޅިގެން މަލީހު ވިދާޅުވެފައިވަނީ ޖަލްސާ ބޭއްވުމަށް ޣިޔާސުއްދީން ސުކޫލުގެ ހުއްދަ ނަގާފައިވާކަމަށްށެވެ. އަދި ފައިސާވެސް ދައްކާފައިވާ ކަމަށްށެވެ. އެހެންނަމަވެސް ފުލުހުންގެ ތަރުޖަމާނު އަހްމަދު ޝިފާން ބުނުއްވީ ޣިޔާސުއްދީން ސުކޫލުން އެ ބައްދަލުވުން ބޭއްވުމަށް ހުއްދަ ދީފައި ނުވާ ކަމަށް އެ ސުކޫލުން ބުނެފައިވާކަމަށްށެވެ.

މިކަމާ ގުޅިގެން ޕީއެންއެފްއިން ވަނީ ސަރުކާރަށް ތުހުމަތުތަކެއް ކޮށްފައެވެ. އެހެން ނަމަވެސް ޣިޔާސުއްދީން ސުކޫލަކީ އަމިއްލަ ސުކޫލެއްކަމުން ، ސުކޫލުގެ ހޯލު އެކި ހަރަކާތްތަކަށް ދޫކުރަނީ އެ ސުކޫލު ހިންގާ ކުންފުނިންނެވެ.

މިކަމާ ގުޅިގެން ސަރުކާރުން ވަނީ ސޯސަލް ސެންޓަރ އެ ޖަލްސާ ބޭއްވުމަށް ހަމަޖައްސައި ދެއްވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް