މިދިޔަ އަންގާރަ ދުވަހު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެހިތަކެއް ހުރި ބުލެޓު ތަކެއް ދިރުވާލައިގެން އައިޖީއެމްއެޗްއަށް ގެންދިޔައި މީހާގެ ހާލު އަދިވެސް ސީރިއަސް ކަމަށް އައިޖީއެމް އެޗްއިން ބުނެފި.
މި މިހާ އަތުލައިގަނެފައި ވަނީ ޕެޓްރޯލިންއަށް ނިކުމެ އުޅުނު ފުލުހުންނަށް މި މީހާއާއި މެދު ޝައްކުވެގެން، ހުއްޓުވާ ސުވާލުކުރުމަށް ފަހުގައި ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ހާލު ސީރިއަސް ވެ އައިޖީއެމްއެޗް އައިސީޔޫގައި، ފަރުވާން ދޭން ފަށާފައި ވަނީ އަންގާރަ ދުވަހުއެވެ.
މި މައްސަލާއިގައި އައިޖީއެމްއެޗްގައި ފަރުވާ ދެމުން އަންނަނީ ދިވެހި ފިރެހެނަކަށް ކަމަށް ފުލުހުން ވަނީ ބުނެފައެވެ. މިކަމާ ބެހޭ ގޮތުން އިތުރު ތަފްސީލެއް ފުލުހުން ހިއްސާ ކޮށްފައެއްނުވެއެވެ.
އަދި މިކަމުގައި ބަލަން ޖެހޭ އެންމެހާ ކަންކަން ބަލަމުން ދާކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް