ތިން ރަށެއްގައި ބޮޑު ޢީދު ފާހަގަކޮށްދޭން ހެރިޓޭޖް މިނިސްޓްރީން ތައްޔާރު - ޕްރޮޕޯސަލް ބަލައިގަންނަން ފަށައިފި

ހެރިޓޭޖް މިނިސްޓްރީއާއި ގުޅިގެން ޢީދު ފާހަގަކުރަން ބޭނުންވާ ރަށްތަކަށް އެ ފުރުސަތު އެ މިނިސްޓްރީން ހުޅުވާލަައިފިއެވެ. އެކަން ހާމަކޮށްފައިވަނީ އެ މިނިސްޓްރީން ކޮށްފައިވާ އިޢުލާނެއްގައެވެ. އެ އިއުލާނުގަ...

25 Apr 2024 | 10:38

ހެރިޓޭޖް މިނިސްޓްރީއާއި ގުޅިގެން ޢީދު ފާހަގަކުރަން ބޭނުންވާ ރަށްތަކަށް އެ ފުރުސަތު އެ މިނިސްޓްރީން ހުޅުވާލަައިފިއެވެ. އެކަން ހާމަކޮށްފައިވަނީ އެ މިނިސްޓްރީން ކޮށްފައިވާ އިޢުލާނެއްގައެވެ.

އެ އިއުލާނުގައިވާގޮތުން ހެރިޓޭޖްގެ ފަރާތުން ބޮޑު ޢީދު ފާހަގަ ކުރުމަށް ހަމަޖެހިފައިވަނީ ތިން ރަށެއްގައެވެ. އެގޮތުން އެ ތިން ރަށެއް ކަނޑައެޅުމުގައި ބަލާނީ، އެ ރަށެއްގައި ކުޅޭ ކުޅިވަރުތަކާއި އެ ރަށެއްގެ ކައުންސިލުން ހަރަދު ކުރާ ބަޖެޓާއި، އަގެއް ނުނަގައި އެރަށަކުން ކޮށްދޭނެ ކަންތައް ތަކަށްކަމަށް ބުނެފައިވެއެވެ.

އެންމެ ރަގަނޅު ޕްރޮޕޯސަލް ހުށަހަޅާ ތިން ރަށަކަށް އެ ފުރުސަތު ހެރިޓޭޖުން ދޭން ވަނީ ނިންމާފައެވެ.

އެގޮތުން ޕްރޮޕޯސަލްތަކަށް މާރކްސް ދިނުމުގައި ބަލާނެ ކަންކަމަކީ، އިސްރަށްވެހިންނަށް ބައިވެރިވެވޭނެ ކުޅިވަރުތައް ހިމެނުމާއި ދިވެހި ސަގާފަތް ދައްކުވައިދޭ ކުޅިވަރުތަށް ހިމެނުން ކަމުގައި އެ އިއުލާނުގައި ބުނެފައި ވެއެވެ.

އެހެން ކަމުން އެކަމަށް ޝައުގުވެރިވާ ރަށްތަކުން  މި ފެށޭ މަހު، (މޭ މަހުގެ 9) ވަނަ ދުވަހުގެ 13:00 ގެކުރިން ހެރިޓޭޖްގެ މެއިލް [email protected]

އަށް ޕްރޮޕޯސަލް ހުށަހެޅުމަށް ހެރިޓޭޖްއިން ވަނީ އެދިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް