ހަތަރު ވޯޓުގެ ފަރަގެއް އިނުމުން ދުވާފަރު ވޯޓުފޮށި އަލުން ގުނައި ދިނުމަށް އެދެފި

ވިހި ވަނަ  ރައްޔިތުންގެ މަޖިލިސް އިންތިހާބުގެ ދުވާފަރު ފޮށިތައް އަލުން ގުނައިދިނުމަށް އެދިފައިވަނީ އަމިއްލަ ގޮތުން ވާދަކުރެއްވި، ކެނޑިޑޭޓު އިބްރާހިމް އަބްދުއްރަހްމާނެވެ. އަބްދުއްރަހްމާން އެ ފޮށި އަލުނ...

25 Apr 2024 | 07:21

ވިހި ވަނަ  ރައްޔިތުންގެ މަޖިލިސް އިންތިހާބުގެ ދުވާފަރު ފޮށިތައް އަލުން ގުނައިދިނުމަށް އެދިފައިވަނީ އަމިއްލަ ގޮތުން ވާދަކުރެއްވި، ކެނޑިޑޭޓު އިބްރާހިމް އަބްދުއްރަހްމާނެވެ. އަބްދުއްރަހްމާން އެ ފޮށި އަލުން ގުނައިދިނުމަށް އިލެކްޝަންގައި އެދިލެއްވީ ޕީއެންސީގެ ކެނޑިޑޭޓް މުހައްމަދު އަލީއާއި އެންމެ ހަތަރު ވޯޓުގެ ފަރަގެއް ވާތީއެވެ. އެގޮތުން އަބްދުއްރަހްމާންއަށް 1،070 ވޯޓު ލިބިފައިވާއިރު މުހައްމަދު އަލީއަށް ލިބިފައިވަނީ 1،074 ވޯޓު ކަމަށް ވަގުތީ ނަތީޖާއިން ދައްކައެވެ.

މިއަދު މެންދުރު 2:30ގައި ރަސްމީ ނަތީޖާ އިއުލާން ކުރާނެ ކަމުގައި އީސީއިން ބުނެފައި ވާއިރު، ދުވާފަރު ފޮށި އަލުން ގުނަން ޖެހޭ ފަދަ ހާލަތެއް ދިމާވެފައި ނުވާކަމަށް ވަނީ އީސީއިން ބުނެފައެވެ.

ދުވާފަރު ދާއިރާއިން ހަތުރު ކެނޑިޑޭޓެއް ވާދަކޮށްފައިވާއިރު އެންމެ ގިނަ ވޯޓުލިބިފައިވަނީ މިދެ ކެނޑިޓޭޓުންނަށްށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް