ފެބްރުއަރީ 29 ވަނަ ދުވަހުން ފެށިގެން މިއަދުގެ ނިޔަލަށް ހުޅުވާލި ސްޓޫޑެންޓް ލޯނަށް އެދުމުގެ މުއްދަތު އިތުރު ކޮށްފިއެވެ. ހަޔަރ އެޑިއުކޭޝަން މިނިސްޓްރީއިން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައިވަނީ، ލޯނަށް އެދުމުގެ މުއްދަތު ފެށޭ މަހު ދޭއް(މޭ މަހު 2) އަކާއި ހަމަޔަށް އިތުރު ކޮށްފައިވާ ކަމަށްށެވެ. 500 ދަރިވަރުންނަށް ހުޅުވާލި މި ލޯނު ސްކީމްގައި، ޑިޕްލޮމާުޅުވާލި މި ލޯނު ސްކީމްގައި، ޑީޕއިން ފެށިގެން ޕީއެޗްޑީއާއި ހަމައަށް ކިޔަވާ ދަރިވަރުންނަށް ލޯނަށް އެދެވޭނެ ކަމަށްށެވެ. އަދި ހާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް އިސްކަން ދޭނެ ކަމަށްވެސް އެ މިނިސްޓްރީއިން ބުނެފައި ވެއެވެ.
2023 ވަނަ އަހަރު ވަނީ ލޯނު ސްކީމް ރީސްޓްރަކްޗާ ކޮށް ލޯނު އަދާ ކުރަންޖެހޭ މުއްދަތު 20 އަހަރަށް އިރުކޮށްފައެވެ. އަދި އިދާރީފީގެ ގޮތުގައި ނަގާ ޕަސެންޓުވެސް ވަނީ އެއް ޕަސެންޓަށް ކުޑަ ކޮށްދީފައެވެ.
މި ސްކީމްއަކީ މަތީ ތައުލީމު ހާސިލްކުރުމަށް ބޭނުންވެފައިވާ ދަރިވަރުންނަށް އެ ފުރުސަތު ތަނަވަސްކޮށްދިނުމުގެ ގޮތުން ހިންގާ ސްކީމެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް