މިއަހަރުގެ އޯލެވެލް އިމްތިހާނު މިއަދު ހެނދުނު 9:00 ގައި ފަށައިފިއެވެ. އެޑިއުކޭޝަންއިން ބުނީ، މި އިމްތިހާނުގައި މިއަހަރު 7501 ދަރިވަރުން ބައިވެރިވާކަމަށްށެވެ. އަދި މި އިމްތިހާން 256 ސެންޓަރެއްގައި ކުރިޔަށް ދާނެ ކަމަށް ވެސް އެޑިއުކޭޝަން އިން ވަނީ ބުނެފައެވެ.
އެގޮތުން އެސްއެސްސީ އިމްތިހާނުގައި 7،133 ދަރިވަރުން ބައިވެރިވެފައި ވެއެވެ.
އެޑިއުކޭޝަންއިން އެކަޑަމިކް ކަލަންޑާއަށް ގެނައި ބަދަލުތަކާއި ގުޅިގެން 2025 ވަނަ އަހަރު އޯލެވެލް ހަދަން ކަނޑައަޅާފައިވަނީ، މޭ/ޖޫން ގައެވެ.ހަމަ އެ އަހަރުގައި، މިހާރު ގްރޭޑް 8 ގައި ކިޔަވަމުންދާ ދަރިވަރުންގެ އޯލެވެލް އިމްތިހާން އޮންނާނީ އޮކްޓޯބަރ/ނޮވެމްބަރ ގައި ކަމަށްވެސް އެޑިއުކޭޝަންއިން ވަނީ ބުނެފައެވެ. އެހެން ކަމުން މިއަހަރުގެ ދިރާސީ އައު އަހަރު ފެށޭނީ މެއި މަހު 26 ވަނަ ދުވަހުއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް