އަންނާރު ޝިޕްމެންޓެއްގައި ސައޫދީއަށް 12 މިލިޔަނަށްވުރެ ގިނަ މަނާބޭސް ގުޅަ އެތެރެކުރަން މަސައްކަތް ކޮށްފި

އަންނާރު ޝިޕްމެންޓެއްގައި ސައޫދީއަށް 12 މިލިޔަނަށްވުރެ ގިނަ މަނާބޭސް ގުޅަ އެތެރެކުރަން މަސައްކަތް ކުރި ބަޔަކު އަތުލައިގަނެ އެތަކެތި ކަމާއިބެހޭ ފަރާތްތަކުގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. އެގޮތުން ސައ...

25 Apr 2023 | 18:35

އަންނާރު ޝިޕްމެންޓެއްގައި ސައޫދީއަށް 12 މިލިޔަނަށްވުރެ ގިނަ މަނާބޭސް ގުޅަ އެތެރެކުރަން މަސައްކަތް ކުރި ބަޔަކު އަތުލައިގަނެ އެތަކެތި ކަމާއިބެހޭ ފަރާތްތަކުގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

އެގޮތުން ސައޫދީ ނޫސްތަކުގައި ރިޕޯޓްކޮށްފައިވާގޮތުގައި ހަތަރު ޖިއްދާ އިސްލާމިކް ޕޯޓުން ސައޫދީއަށް އެތެރެ ކުރަން އުޅުނީ 12.7 މިލިޔަން ގުޅަ، އެމްފެޓަމިން ގުޅައެވެ.

މި މައްސަލައިގާ ހަތަރު މީހަކުހައްޔަރު ކޮށްފައިވާއިރު އެ ހަތަރު މީހުންގެ ތެރެއިން ދެމީހަކު ނިސްބަތްވަނީ މިސްރަށް ކަމަށާއި އެކަކީ ސޫރިޔާ އަދި އަނެކަކު ނިސްބަތްވަނީ ޔަމަނަށް ކަމުގައި ސައޫދީގެ ކަމާބެހޭ ފަރާތްތަކުން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް