ސޫދާނުން ރައްޔިތުން ނެރުމަށް އިންޑިއާއިން ހާއްސަ އޮޕަރޭޝަނެއް ހިންގަނީ

ސޫދާނުން ރައްޔިތުން ނެރުމަށް އިންޑިއާއިން ހާއްސަ އޮޕަރޭޝަނެއް އެބަ ކުރިއަށްގެންދެއެވެ. އިންޑިއާގެ ވައިގެ ސިފައިންގެ ދެ ސީ-130ޖޭ ސައުދީ އަރަބިއްޔާގެ ޖިއްދާގައި ބަހައްޓާފައިވާއިރު އައިއެންއެސް ސުމެދާ ވަ...

25 Apr 2023 | 18:17

ސޫދާނުން ރައްޔިތުން ނެރުމަށް އިންޑިއާއިން ހާއްސަ އޮޕަރޭޝަނެއް އެބަ ކުރިއަށްގެންދެއެވެ.

އިންޑިއާގެ ވައިގެ ސިފައިންގެ ދެ ސީ-130ޖޭ ސައުދީ އަރަބިއްޔާގެ ޖިއްދާގައި ބަހައްޓާފައިވާއިރު އައިއެންއެސް ސުމެދާ ވަނީ މިހާރު ސޫފާނަށް ދަތުރުކޮށްފައި ކަމަށް އިންޑިއާގެ މިނިސްޓްރީ އޮފް އެކްސްޓާނަލް އެފެއާޒް (އެމްއީއޭ) އިން އާދީއްތަ ދުވަހު ނެރުނު ރަސްމީ ބަޔާނެއްގައި ބުނެފައިވެ އެވެ.

އެމްއީއޭ އިން ބުނީ ކޮންޓިންޖެންސީ ޕްލޭންތައް އެކުލަވާލާފައިވީ ނަމަވެސް ބިންމަތީގައި ހަރަކާތްތެރިވުން ބިނާވެފައި އޮންނަނީ ސަލާމަތީ ހާލަތުގެ މައްޗަށެވެ.

އިންޑިއާއިން ސޫދާންގެ ސަލާމަތީ ހާލަތު ގާތުން ބަލަމުން އަންނަ ކަމަށާއި ސޫދާނުގައި ތާށިވެފައި ތިބި އިންޑިއާ މީހުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ހުރިހާ މަސައްކަތެއް ކުރަމުން އަންނަ ކަމަށް އެމްއީއޭގެ ބަޔާނުގައިވެ އެވެ. އެމްއީއޭ އިން ބުނީ ސޫދާނުގައި ހުންނަ އިންޑިއާ އެމްބަސީން ސޫދާނުގައި ތާށިވެފައި ތިބި އިންޑިއާ މީހުންގެ ހާލު ގަވައިދުން ބަލަމުންދާ ކަމަށެވެ.

އެމްއީއޭއިން ބުނީ ސޫދާނުގައި ހުންނަ އިންޑިއާ އެމްބަސީން ސޫދާނުގެ ސަލާމަތީ ހާލަތަށް ބަލާފައި ޚާރްޠޫމް ސިޓީން ނުކުތުމުގެ ފުރުސަތު ހިމެނޭ ގޮތަށް ކުރެވެން ހުރި ހުރިހާ އެހީތެރިކަމެއް ކޯޑިނޭޓް ކުރަމުންދާ ކަމަށެވެ.

ސޫދާނުގައި ހަމަނުޖެހުން ކުރިއަށްދާތާ މިވަނީ ދެ ހަފްތާވެފައެވެ. މިގޮތުން ސޫދާނުގައި ހިނގަމުންދާ ހަމަނުޖެހުންތައް ފެށިގެންދިޔައީ އަވަށްޓެރި ގައުމުތަކާއި އެހެން ގައުމުތައް ހިއްސާކުރާ ނައިލްގެ ފެނާއި ތެޔޮ ހޮޅިތަކުގެ ކަންބޮޑުވުންތަކުން ފެށިގެން އާ ސަރުކާރެއްގެ އެކުލަވާލުމުގެ އިތުރުން ހިއުމެނިޓޭރިއަން ކްރައިސިސްއެއްގެ ސަބަބުން އެވެ.

މިހާތަނަށް 400 އަށް ވުރެ ގިނަ މީހުން މަރުވެފައިވާ ނުރައްކާތެރި ހަމަނުޖެހުންތަކުގެ ތެރޭގައި ގައުމުތަކުން ވަނީ އެގައުމުތަކުގެ ރައްޔިތުން އަނބުރާ ގައުމަށް ގެންދިއުމަށް އުނދަގޫތަކެއް ކުރިމަތިވެފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް