ބޮޑުތަކުރުފާނު މަގުގައި ތާރު ނާޅައި އޮތްބައިގައި ތާރުއަޅަން އެމްޓީސީސީއާ ހަވާލުކުރަން ސަރުކާރުން ނިންމައިފިއެވެ.
މިކަން ހާމަކޮށް މީޑީއާތަކަށް މައުލޫމާތު ދެއްވަމުން ޕްލޭނިންގ މިނިސްޓްރީން ބުނީ އެ މަސައްކަތް އެމްޓީސީސީ އާއި ހަވާލުކުރުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ.
މި މަސައްކަތް އެމްޓީސީސީ އާއި ހަވާލު ކުރާނެ ކަން ހާމަކޮށްފައިވީ ނަމަވެސް މި މަސައްކަތް ރަސްމީކޮށް ހަވާލު ކުރާނެ ދުވަހެއް ހާމަ ކޮށްފައެއް ނުވެއެވެ.
ހަތަރު ލޭނަށް ދުއްވޭ ގޮތަށް އެންމެ ޒަމާނީ ފެންވަރަށް ތަރައްޤީ ކޮށްފައިވާ ބޮޑުތަކުރުފާނު މަގުގެ ބޮޑުބައެއްގައި ތާރު އަޅާފައި އޮތް ނަމަވެސް ތާރު ނާޅާވެސް ސަރަހައްދެއް އެބައޮތެވެ.
ބޮޑުތަކުރުފާނު މަގުގައި މާލޭގައި ހުންނަ ހުޅުމާލެ ފެރީ ޓާމިނަލާއި މާލެ އިންޑަސްޓްރިއަލް ވިލެޖު ސަރަޙައްދުން ފެށިގެން، ހުޅުމާލެ ފެރީ ޓާމިނަލާ ހަމައަށް އޮންނަ ސަރަޙައްދުގައި ވަނީ ތާރުއަޅާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް