ލ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާއި ދެމެދުގެ ރަށްތަކަށް މެޓުން ހުދު ސަމާލު ނެރެފިއެވެ.
މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން މި ސަމާލު ނެރެފައިވަނީ މިރޭގެ 09:15 އިން ފެށިގެން މިރޭގެ 02:00 އާއި ދެމެދުގެ ވަގުތަށެވެ.
މި ސަމާލު ނެރެފައިވަނީ ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް ލަފާކޮށެވެ.
މި ސަމާލު ނެރެފައިވާއިރު މިރެއަށް މެޓުން ލަފާކޮށްފައިވާ މޫސުމީ ބުލެޓިންގައި ބުނެފައިވާގޮތުގައި މިރޭ ދެކުނާއި މެދުރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކުރުމާއެކު ގުގުރާނެއެވެ. އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށް ބުނެފައިވެއެވެ. މީގެ އިތުރުން އުތުރުގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރުމާއެކު ގުގުރާނެކަމަށް ލަފާކުރެވޭކަމަށްވެސް ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް