މި އަހަރުގެ ކޮރަލް ފެސްޓިވަލް އައްޑޫ ސިޓީގައި

މޯލްޑިވްސް ކޮރަލް އިންސްޓިޓިއުޓް (އެމްސީއައި) އިން އިންތިޒާމުކުރާ މި އަހަރުގެ "ކޮރަލް ފެސްޓިވަލް 2023″ އައްޑޫ ސިޓީގައި ބާއްވަން ހަމަޖެހިއްޖެއެވެ. އެމްސީއައި އިން އިންތިޒާމު ކުރާ މި އިވެންޓް އޮންނާނީ މ...

25 Apr 2023 | 17:22

މޯލްޑިވްސް ކޮރަލް އިންސްޓިޓިއުޓް (އެމްސީއައި) އިން އިންތިޒާމުކުރާ މި އަހަރުގެ "ކޮރަލް ފެސްޓިވަލް 2023″ އައްޑޫ ސިޓީގައި ބާއްވަން ހަމަޖެހިއްޖެއެވެ.

އެމްސީއައި އިން އިންތިޒާމު ކުރާ މި އިވެންޓް އޮންނާނީ މި މަހުގެ 28-30 އަށް އައްޑޫ ސިޓީ ހިތަދޫގަ އެވެ. މި ފެސްޓިވަލް ކުރިއަށް ގެންދަން ހަމަޖެހިފައި ވަނީ މޯލްޑިވްސް ނެޝަނަލް ޔުނިވަސިޓީގެ ހިތަދޫ ކެމްޕަހުގަ އެވެ.

އެގޮތުން މި ފެސްޓިވަލުގައި، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖޭގެ މުރަކައިގެ ބަގީޗާތައް ދެމެހެއްޓެނެވި ގޮތެއްގައި ރައްކާތެރި ކުރެވޭނެ ގޮތްތަކާ މެދު މަޝްވަރާ ކުރާނެ އެވެ.

އެމްސީއައި އިން ހާމަކުރާ ގޮތުގައި މި ފެސްޓިވަލުގައި މުރަކައިގެ ތަޖުރިބާކަރުންނާއި، ކަމާގުޅުން ހުރި ރާއްޖޭގެ ޖަމިއްޔާތަކާއި، ސިޔާސީ ލީޑަރުންގެ އިތުރުން މެރިން އީކޯ ސިސްޓަމް އިން ބައިވެރިވުމަށް ހަމަޖެހިފައި ވެއެވެ.

ހަމައެހެންމެ ކުޑަކުދިންނަށް ބައިވެރިވެވޭނެ ގޮތަށް މިއުޒިކާއި ސަގާފަތާއި، ދެކުނުގެ ކާބޯތަކެތީގެ ސްޓޯލްތަކާއި، ކުޅިވަރުގެ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ސްޓޯލްތައް ވެސް  މި ފެސްޓިވަލްގެ ތެރޭގައި ހުންނާނެ އެވެ.

މީގެ އިތުރުން ކޮރަލް ފެސްޓިވަލް 2023″ ފަހު ދުވަހު އައްޑޫ ނޭޗަ ޕާކްގައި ސްނޯކްލިން އަށް ދިއުމާއި ހުޅުމީދޫ ނޭޗަ ޕާކް ސަރަހައްދަށް ޒިޔާރަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

ކޮރަލް ފެސްޓިވަލްގެ މަޤްސަދަކީ ރާއްޖޭގެ މުރަކައިގެ ދިރުންތަކުގެ މުހިންމުކަން ދެނެގަތުމާއި އަދި އެ ތަކެތި ރައްކާތެރިކޮށް، މުރަކައިގެ މުހިންކަން އަންގައި ދިނުމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް