ޑިޒައިނަރެއްގެ ހެދުންތަކެއް ވަގަށް ނަގައި ކޮޕީ ކުރުމުގެ ތުހުމަތު ޕްރިޔަންކާއަށް!

އިންޑިއާގެ މަޝްހޫރު ފެޝަން ޑިޒައިނަރެއް ކަމަށްވާ އިޝިތާ ގުޕްތާގެ ހެދުންތަކެއް ވަގަށް ނަގައި، ކޮޕީ ކުރުމުގެ ތުހުމަތު ބަތަލާ ޕްރިޔަންކާ ޗާހަރް ޗައުދްރީއަށް ކޮށްފި އެވެ. ޕްރިޔަންކާ އަކީ ބިގް ބޮސް 16 ގެ ތ...

25 Apr 2023 | 11:37

އިންޑިއާގެ މަޝްހޫރު ފެޝަން ޑިޒައިނަރެއް ކަމަށްވާ އިޝިތާ ގުޕްތާގެ ހެދުންތަކެއް ވަގަށް ނަގައި، ކޮޕީ ކުރުމުގެ ތުހުމަތު ބަތަލާ ޕްރިޔަންކާ ޗާހަރް ޗައުދްރީއަށް ކޮށްފި އެވެ.

ޕްރިޔަންކާ އަކީ ބިގް ބޮސް 16 ގެ ތިން ފައިނަލިސްޓުންގެ ތެރޭގައި ހިމެނޭ ބަތަލާ އެކެވެ. އޭނާ ފިލްމީ ދާއިރާއަށް ތައާރަފުވީ 2021 ވަނަ އަހަރު ކަލާސް ޓީވީން ދައްކަން ފެށި ޑްރާމާ ސިލްސިލާ "އުދާރިޔާން" އިންނެވެ.

ބިގް ބޮސް 16 އަށް ފަހު ޕްރިޔަންކާއަށް އޮތް ތާއީދާއި އާންމުންގެ ސަޕޯޓު ވަނީ އިތުރުވެފައި އެވެ. އެކަމަކު މިހާރު އޭނާއަށް ކުރެވުނު ތުހުމަތާއި އެކު ގާނޫނީ ގޮޅިއަކަށް ފެތުމުގެ ފުރުސަތު ބޮޑެވެ.

ރިޕޯޓުތައް ބުނާގޮތުގައި އިޝިތާ ވަނީ އޭނާ ޑިޒައިންކޮށް ތައްޔާރުކޮށްފައިވާ 30 ހާސް އިންޑިއަން ރުޕީސްގެ އަގުބޮޑު ހެދުމެއް ޕްރިޔަންކާ ވަގަށް ނެގި ކަމުގެ ތުހުމަތުކޮށްފައި އެވެ. އަދި އޭނާގެ އެތައް ޑިޒައިނެއްވެސް ޕްރިޔަންކާ ނުވަތަ އޭނާގެ ޕީއާރު ޓީމުން ވަގަށް ނަގައި ބޭނުން ކުރަމުންދާ ކަމަށް ތުހުމަތު ކޮށްފައިވެ އެވެ.

އިޝިތާ ބުނީ ޕްރިޔަންކާ ދަނީ މޮޅު ޑިޒައިންތައް ބޭނުންކޮށްގެން އިތުރު މަޝްހޫރުކަން ހޯދަން މަސައްކަތް ކުރަމުން ކަމަށެވެ. އެކަން އޭނާގެ ބުރަ މަސައްކަތް ވަގަށް ނަގައިގެން ޕްރިޔަންކާ ކާމިޔާބު ކުރިޔަ ނުދޭނެ ކަމަށް ބުންޏެވެ.

އިޝިތާ މިވަގުތު ހުނީ އިނގިރޭސިވިލާތުގެ ލަންޑަން އެވެ. އޭނާ ބުނީ އިންޑިއާއަށް ދެވުނުހާ އަވަހަށް ޕްރިޔަންކާ އާއި ދެކޮޅަށް މައްސަލަ ފުލުހަށް ހުށަހަޅާނެ ކަމަށެވެ.

މި މައްސަލައިގަ މިހާތަނަށް ޕްރިޔަންކާ އެއްޗެއް ބުނެފައިއެއް ނުވެ އެވެ. އެކަމަކު އޭނާގެ ދިފާއުގައި އެތައް ހާސް ސަޕޯޓަރުންނެއް ދަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް، އެ ތުހުމަތުތައް ދޮގު ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް