އެމް.ޑަބްލިޔު.އެސް.ސީގެ އީ-ޕޯޓަލް – ހިދުމަތްތަކަށް އެދެން ލުއިފަސޭހަ ގޮތެއް

އެމް.ޑަބްލިޔު.އެސް.ސީގެ ހިދުމަތްތައް ކަސްޓަމަރުންނާއި ހަމައަށް އޮންލައިންކޮށް ފޯރުކޮށްދިނުމުގެ މައިގަނޑު މަގްސަދަކީ ކަސްޓަމަރުންނަށް ޒަމާނީ ޓެކްނޮލޮޖީ އާއި ވަސީލަތްތައް ބޭނުންކޮށްގެން، ތިމާވެއްޓާއި ރަ...

25 Apr 2023 | 11:14

އެމް.ޑަބްލިޔު.އެސް.ސީގެ ހިދުމަތްތައް ކަސްޓަމަރުންނާއި ހަމައަށް އޮންލައިންކޮށް ފޯރުކޮށްދިނުމުގެ މައިގަނޑު މަގްސަދަކީ ކަސްޓަމަރުންނަށް ޒަމާނީ ޓެކްނޮލޮޖީ އާއި ވަސީލަތްތައް ބޭނުންކޮށްގެން، ތިމާވެއްޓާއި ރައްޓެހިގޮތެއްގައި ވީހާވެސް ލުއިފަސޭހަކަމާއެކު ހިދުމަތްތައް ލިބޭނެ އިންތިޒާމްތައް ހަމަޖައްސައި ދިނުމެވެ.

މިގޮތުން އެކުންފުނިން ކަސްޓަމަރުންނަށް ހިދުމަތްތައް އޮންލައިންކޮށް ފޯރުކޮށްދިނުމަށް ގާއިމްކޮށްފައިވާ އޮންލައިން ޕްލެޓްފޯމް ނުވަތަ އީ-ޕޯޓަލްއަށް އައު ބަދަލުތަކެއް ގެނެސް ވަނީ އިތުރަށް ތަރައްގީ ކޮށްފައެވެ. އީ-ޕޯޓަލް މެދުވެރިކޮށް ހިދުމަތް ލިބިގަތުމުގެ ފަސޭހަކަމަކީ، ކޮންމެ ކަސްޓަމަރަކަށްވެސް 24 ގަޑިއިރު ބޭނުންކުރެވޭނެ ހިދުމަތަކަށްވެފައި، ކޮންމެތަނެއްގައި ހުރެގެންވެސް އޮންލައިންކޮށް ހިދުމަތްތަކަށް އެދިލެއްވުމާއި ރަޖިސްޓްރީ ކުރެވޭނެގޮތަށް ބައްޓަންކުރެވިފައިވާ ހިދުމަތަކަށްވުމެވެ. ހަމައެހެންމެ އީ-ޕޯޓަލަށް ގެނެވުނު ބަދަލުތަކާއިއެކު އޮންލައިންކޮށް ހިދުމަތް ހޯއްދެވުމަކީ ކަސްޓަމަރުންގެ އަގުހުރި ވަގުތު ސަލާމަތްކުރެއްވޭނެ ފަސޭހަގޮތަކަށް ވެގެންދާނެއެވެ.

އެގޮތުން މި ކުންފުނީގެ އީ-ޕޯޓަލަށް ގެނެވިފައިވާ ބަދަލުތަކަކީ:

  • އީޕޯޓަލް މެދުވެރިކޮށް ކަސްޓަމަރުން ހުޅުވާފައިވާ ހުރިހާ އެކައުންޓެއްގެ މައުލޫމާތު އެއްތަނަކުން ބަލައިލެވުން.
  • އީ-ޕޯޓަލްއަށް ލޮގިންވުމަށް އީ-މެއިލްގެ ބަދަލުގައި މިހާރު މޯބައިލް ނަމްބަރު ބޭނުންކޮށްގެން ލޮގިން ވެވުން.
  • އެއް އެކައުންޓެއް މެދުވެރިކޮށް އެއް ބިލަށްވުރެ ގިނަ ބިލްތަކަށް އެއްފަހަރާ ފައިސާ ދައްކާލެވުން، އަދި ޕާޓް-ޕޭމަންޓް އުސޫލުންވެސް ބިލްތަކަށް މިހާރު އީ-ޕޯޓަލް މެދުވެރިކޮށް ފައިސާ ދައްކާލެވުން.
  • އީ-ޕޯޓަލްގައި މިހާރު ކުންފުނިތަކުގެ އެކައުންޓްތައްވެސް ހުޅުވޭނެ.
  • ފެންބިލްތަކުގެ ތެރެއިން ޑިއުވެފައިވާ ބިލްތަކާއި ބިލްތަކުގެ ތަފްސީލު ފަސޭހަކަމާއެކު ބަލާލެވޭނެ.
  • ވަކިވަކި މީޓަރުތަކުން ފެން ބޭނުން ކުރެވިފައިވާ ގޮތުގެ ތަފްސީލާއި، ފެން މީޓަރުގެ ރީޑިންގްވެސް އީ-ޕޯޓަލް މެދުވެރިކޮށް ބަލާލެވޭނެ.
  • ރ. ދުވާފަރު ކަސްޓަމަރުންނަށް އީ-ޕޯޓަލްގައި ކަރަންޓު މީޓަރު އެޑްކޮށް ރީޑިންގްވެސް ބަލާލެވޭނެ.
  • ފެންބިލްތަކުގެ ސްޓޭޓްމަންޓްތައް ފާއިތުވި ހަ މަސް ދުވަހާއި ހަމައަށް ބަލާލެވޭނެ.

އޮންލައިން އެޕްލިކޭޝަން ބޭނުންކުރެއްވުމަށް، އެމް.ޑަބްލިއު.އެސް.ސީގެ ވެބްސައިޓްގައިވާ އީ-ޕޯޓަލްގައި ކޮންމެ ކަސްޓަމަރަކަށްވެސް ރަޖިސްޓްރީކުރެއްވޭނެއެވެ. އަދި ރަޖިސްޓްރީ ކުރެއްވުމުން ޕޯޓަލްއިން ހިދުމަތްތަކަށް އެދިލެއްވޭނެ ގޮތުގެ ތަފްސީލު ލިބިވަޑައިގަންނަވާނެއެވެ. ހަމައެހެންމެ، އެމް.ޑަބްލިއު.އެސް.ސީ މޯބައިލް އެޕް ބޭނުންކުރައްވާ ފަރާތްތަކަށް މޯބައިލް އެޕްގައި ބޭނުންކުރާ އައި.ޑީ ބޭނުންކުރައްވައިގެން އިތުރު ރެޖިސްޓްރޭޝަނަކާ ނުލައި އޮންލައިން އެޕްލިކޭޝަން ބޭނުންކުރެވޭނެއެވެ.

އޮންލައިން އެޕްލިކޭޝަން ށަހެޅުމަށް: https://eportal.mwsc.com.mv

މިކަމާއި ގުޅޭގޮތުން އިތުރު މައުލޫމާތު ބޭނުންފުޅުވާނަމަ އެ ކުންފުނީގެ ހޮޓްލައިން ނަމްބަރު 105 އަށް ގުޅުއްވުމުން ބޭނުންފުޅުވާ މައުލޫމާތު ލިބިލައްވާނެއެވެ.

އެމް.ޑަބްލިއު.އެސް.ސީގެ އަމާޒަކީ ދެމެހެއްޓެނިވި އަދި ވީހައިވެސް ލުއި ފަސޭހަގޮތެއްގައި ކުންފުނީގެ ހިދުމަތްތައް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް