ކެޔޮދޫ މިސްކިތަށް ގެއްލުންދިން ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި

ވ. ކެޔޮދޫ މިސްކިތަށް ގެއްލުން ދިން ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރު ކޮށްފި އެވެ. ކެޔޮދޫ މިސްކިތަށް މީހަކު ގެއްލުން ދިންކަން ފަޅާ އަރާފައި މިވަނީ އެ މިސްކިތުގައި ހުރި ހަތިމުތަކަކަށް ގެއްލުންދިން މައ...

25 Apr 2023 | 09:17

ވ. ކެޔޮދޫ މިސްކިތަށް ގެއްލުން ދިން ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރު ކޮށްފި އެވެ.

ކެޔޮދޫ މިސްކިތަށް މީހަކު ގެއްލުން ދިންކަން ފަޅާ އަރާފައި މިވަނީ އެ މިސްކިތުގައި ހުރި ހަތިމުތަކަކަށް ގެއްލުންދިން މައްސަލަތަކެއް ފެންމަތިވެފައި ވަނިކޮށެވެ. ދެ ފަހަރެއްގެ މަތިން ހަތިމުތަކަށް ގެއްލުން ދިނުމުގެ ގޮތުން ގަނޑުތަކެއް އިރާލާފައިވެ އެވެ.

ފުލުހުންގެ މީީޑިއާ އޮފިޝަލް ވިދާޅުވީ އެ ރަށު މިސްކިތަށް ގެއްލުންދީގެން ހައްޔަރު ކުރީ 27 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއްވަ އެވެ.

މި މައްސަލައިގަ ތުހުމަތު ކުރެވޭ މީހާ ވަނީ މިސްކިތުގައި ހުރި ގޮނޑިއަކުން ޖަހައި ބިއްލޫރި ދޮރެއް ތަޅާލާފައި އެވެ. އެ އަމަލު ހިންގީ އެމީހާކަން އެނގުނީ އެ ސަރަހައްދުގައި އުޅުނު މީހަކަށް އޭނާ މިސްކިތް ސަރަހައްދުގައި އުޅެނިކޮށް ފެނިފައިވާތީ އެވެ.

މި ކަން ހިނގި ކަމަށްވަނީ ރޭގެ ވަގުތެއްގައި އެވެ.

އެމީހާ މިސްކިތު ބިއްލޫރި ގަނޑެއް ތަޅާލި ނަމަވެސް ހަތިމުތަކަށް ގެއްލުން ދިނީ އެމީހާ ކަމެއް އަދި ނޭނގެ އެވެ.

ހަތިމުތަކަށް ގެއްލުން ދިން މައްސަލައަށް ބަލާއިރު މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ވަނީ އެ މިސްކިތުގައި އޮތް10 ހަތިމެއްގެ ގަނޑުތައް އިރާލާފައި އެވެ. އޭގެ ފަހުން މި ހަފްތާގައި ވަނީ20 ހަތިމެއްގެ ގަނޑުތައް އިރާލާފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް