ކާޑުގެ ބާވަތްތައް ގުދަން ކުރާ ތަންތަން ރެޖިސްޓްރީ ކުރަން މުހުލަތެއް ދީފި އެވެ.
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ނެރުނު އިއުލާނެއްގައި ބުނެފައިވާ ގޮތުގައި އެފަދަ ތަންތަން އަންނަ އޮގަސްޓް އެއް ވަނަ ދުވަހުގެ ކުރިން އެ އިދާރާގައި ރެޖިސްޓްރީ ކުރަން ވާނެ އެވެ.
މިގޮތަށް އަމަލު ކުރަން ނިންމީ ކާޑުގެ ބާވަތްތައް ރައްކާކުރާ ގުދަންތައް ރެގިއުލޭޓު ކުރުމަށްޓަކައި ކަމަށް ބުންޏެވެ.
އެއީ ކާޑުގެ ބާވަތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ރައްކާތެރި ގޮތުގައި ކާބޯތަކެތި ގެންގުޅުމާއި، އެތަކެތި އެއްތަނުން އަނެއްތަނަށް އުފުލުމާއި ގުދަންކުރުމުގައި ޢަމަލު ކުރާނެ ގޮތުގެ މިންގަނޑަށް އަމަލު ކުރުމަށް ކަމަށް އެ އިދާރާއިން ބުނެފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް