ވެމްކޯއިން ކޮތަޅު ވިއްކާ އަގުތައް ހާމަކޮށްފި

ވެމްކޯއިން ބިން ލައިނާގެ ގޮތުގައި ވިއްކާ ކޮތަޅުގެ އަގުތައް ހާމަކޮށްފިއެވެ. އެގޮތުން ވެމްކޯއިން މިއަދު ހާމަކޮށްފައިވާ އަގުތަކަށް ބަލާއިރު ލާޖް ސައިޒް (11*17އިންޗި)، 100 ކޮތަޅުގެ ބޮނޑިއެއް 35 ރުފިޔާއަށް...

25 Apr 2023 | 07:12

ވެމްކޯއިން ބިން ލައިނާގެ ގޮތުގައި ވިއްކާ ކޮތަޅުގެ އަގުތައް ހާމަކޮށްފިއެވެ.

އެގޮތުން ވެމްކޯއިން މިއަދު ހާމަކޮށްފައިވާ އަގުތަކަށް ބަލާއިރު

  • ލާޖް ސައިޒް (11*17އިންޗި)، 100 ކޮތަޅުގެ ބޮނޑިއެއް 35 ރުފިޔާއަށް (ފެހި އަދި ކަޅު ކުލަ)
  • ޑަބަލް އެކްސްއެލް (18*27އިންޗި)، 100 ކޮތަޅުގެ ބޮނޑިއެއް 165 ރުފިޔާއަށް (ފެހި އަދި ކަޅު ކުލަ)
  • ޓްރިޕަލް އެކްސްއެލް (36*48އިންޗި)، 50 ކޮތަޅުގެ ބޮނޑިއެއް 165 ރުފިޔާއަށް، ފެހި އަދި ކަޅު ކުލަ

ވެމްކޯއިން ކުރިން ބުނެފައިވާގޮތުގައި ވާ ބުރާސްފަތި ދުވަހުން ފެށިގެން އެ ކޯޕަރޭޝަނުން ބިންލައިނަރ ވިއްކަން ފަށާނެއެވެ.

މި ކޮތަޅު އެ ކޯޕަރޭޝަނުގެ މާލެ، ހުޅުމާލެ އަދި ވިލިމާލެ ވޭސްޓް ޓްރާންސްފަރ ސްޓޭޝަންތަކުގެ ކަސްޓަމަރ ފްރަންޓް އޮފީސް ތަކުން، ބުރާސްފަތި ދުވަހުން ފެށިގެން ލިބެން ހުންނާނެ ކަމަށް ބުނެފައިވެއެވެ. އަދި މި ވެމްކޯއިން ތާއާރަފުކުރާ ކޮތަޅު ހަމައެކަނި ކުނި އުކާލުމުގައި ބޭނުން ކުރުމަށް އިލްތިމާސް ކޮށްފައިވެއެވެ.

ވެމްކޯއިން ދެ ކުލައެއްގެ ކޮތަޅު ވިއްކާއިރު ކުނިވާ ޒާތުގެ ކުނި ނުވަތަ އަމިއްލައަށް ފަނާވެދާ  ޒާތުގެ ކުނި ފެހި ކޮތަޅުގައި ބަންދު ކުރުމަށާއި އަދި އެހެނިހެން ކުނި ކަޅު ކޮތަޅުގައި ބަންދުކުރުމަށް ވެމްކޯއިން އިލްތިމާސްކުރެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް