ނަން އިއްވައި މިއަދުވެސް ޖާބިރު ތަޅުމުން ބޭރުކޮށްފި

ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ ނަން އިއްވައި މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއިންވެސް ބޭރުކޮށްފި އެވެ. މިއަދު10:30 ހާއިރު މަޖިލީހުގެ ޖަލްސާ ފެށުމާއި އެކު ޖާބިރު ވަނީ ތަޅުމުގައި އަޑުގ...

25 Apr 2023 | 06:01

ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ ނަން އިއްވައި މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއިންވެސް ބޭރުކޮށްފި އެވެ.

މިއަދު10:30 ހާއިރު މަޖިލީހުގެ ޖަލްސާ ފެށުމާއި އެކު ޖާބިރު ވަނީ ތަޅުމުގައި އަޑުގަދަ ކުރަން ފައްޓަވާފައި އެވެ. ޖާބިރު އަޑުގަދަ ކުރަން ފެއްޓެވި ސަބަބެއް ސާފެއް ނުވެ އެވެ.

ޖާބިރު ވަނީ އަޑު ގަދަ ކުރަމުން ގޮނޑިން ތެދުވެ، ރިޔާސަތު ކައިރިއަށް ގޮސްވެސް އަޑު ގަދަ ކޮށްފައި އެވެ. އެ އަމަކާއި ގުޅިގެން ރިޔާސަތުން ނަން އިއްވައި ތަޅުމުން ބޭރަށް ނުކުތުމަށް އެންގުމުން ޖާބިރު ވަނީ ފުރަތަމަ ދެކޮޅު ހައްދަވާފައި އެވެ.

މަޖިލީހުގެ ސެކިއުރިޓީން އޭނާ ތަޅުމުން ބޭރު ކުރަން މަސައްކަތް ކުރުމުން ޖާބިރު ތަޅުމުގައި އިށީނދެ އަޑުގަދަ ކުރެއްވި އެވެ. ފަހުން އޭނާ ވަނީ އެއްބާރުލުންދީ ޖަލްސާއިން ނުކުމެފައި އެވެ.

މިއީ މިމަހު ޖާބިރު މަޖިލީހުގެ ތަޅުމުން ބޭރު ކުރި ދެ ވަނަ ފަހަރެވެ. މިމަހުގެ12 ވަނަ ދުވަހުވެސް ތަޅުމުގައި އަޑުގަދަ ކުރެއްވުމުން ޖާބިރުގެ ނަން އިއްވައި ބޭރުކޮށްފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް