ކުޅިވަރު ކުރިއެރުވުމަށް ޔޫތު މިނިސްޓްރީއަށް ހުޅުމާލެއިން ބިމެއް ދީފި

އާބަންކޯ އިން ސްޕޯޓްސް އެންޑް ރިކްރިއޭޝަން ޑެވެލޮޕްމަންޓަށް ޔޫތު މިނިސްޓްރީއަށް ބިމެއް ދީފިއެވެ. އާބަންކޯއިން ބުނީ ހުޅުމާލެ އަކީ އަރބަން ސިޓީއެއްގެ ގޮތުގައި ތަރައްގީކުރުމަށް ކުރެވޭ މަސައްކަތުގެ ތެރެއި...

25 Apr 2023 | 05:27

އާބަންކޯ އިން ސްޕޯޓްސް އެންޑް ރިކްރިއޭޝަން ޑެވެލޮޕްމަންޓަށް ޔޫތު މިނިސްޓްރީއަށް ބިމެއް ދީފިއެވެ.

އާބަންކޯއިން ބުނީ ހުޅުމާލެ އަކީ އަރބަން ސިޓީއެއްގެ ގޮތުގައި ތަރައްގީކުރުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން އެންމެ މުހިންމު އެއްކަމެއްގެ ގޮތުގައި އެ ކުންފުނިން ކުރަމުން އަންނަ އެއް ކަމަކީ ޒުވާނުންނާ ގުޅުންހުރި ކުޅިވަރުތަކާއި، އެހެނިހެން ރިކްރިއޭޝަން ހަރަކާތްތަކަށް ހުޅުމާލޭގައި ފުރުސަތު ހޯދައިދިނުން ކަމަށެވެ.

އެގޮތުން އެ ކުންފުނިން މިހާރު ވަނީ ސްޕޯޓްސް އެންޑް ރިކްރިއޭޝަން ޑެވެލޮޕްމަންޓަށް ހުޅުމާލެއިން ބިމެއް ޔޫތު މިނިސްޓްރީއާ ހަވާލުކޮށްފައި ކަމަށް އާރބަންކޯ އިން ބުނެފައި ވެއެވެ.

އާރަބންކޯ އިން ބުނީ ސްޕޯޓްސް އެންޑް ރިކްރިއޭޝަން ޑެވެލޮޕްމަންޓަށް ހަވާލުކޮށްފައިވަނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހިން 5.4 ހެކްޓަރުގެ ބިމެއް ކަމަށެވެ.

މި ބިން ހަވާލުކުރުމުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފެވެ.

އަދި އަރބަންކޯގެ ފަރާތުން ސޮއިކުރެއްވީ މި ކުންފުނީގެ އެމްޑީ އަހުމަދު އާތިފްއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް