ދިވެހި ދައުލަތަށް ގިނަ ދުވަހު ހިދުމަތްކުރައްވާފައިވާ، ބުޗާގޭ ދޮންމަނިކު އަވަހާރަ ވެއްޖެއެވެ.
އަވަހާރަވި އިރު އުމުރުފުޅަކީ 91 އަހަރެވެ.
ކުރީގެ، ކުޅިވަރާ ބެހޭ ވަޒީރު އިރުތިޝާމް މި ޚަބަރު ހިއްސާކުރައްވަމުން ވިދާޅުވެފައިވަނީ އޭނާގެ ބައްޕާފުޅު އަވަހާރަވީ އޮސްޓްރޭލިއާގައި ކަމަށެވެ. މީގެ އަހަރުތަކެއް ކުރިން ފެށިގެން ބުޗާގޭ ދޮންމަނިކު ދިރިއުޅުއްވަމުންގެންދަވަނީ އޮސްޓްރޭލިއާގައެވެ.
ބުޗާގޭ ދޮންމަނިކު ދިވެހި ދައުލަތަށް ވަރަށް ގިނަ ދުވަހު ހިދުމަތް ކުރެއްވިއެވެ. ނަމަވެސް ދިވެހިންނަށް ބޮޑަށް ދޮންމަނިކު އެނގެނީ ކުރީގެ ހޯމް އެފެއާޒްގެ ދަށުން ހިންގި ފިލްމު ސެންސަރު ބޯޑުގެ ޗެއާމަންގެ ގޮތުގައެވެ. ދޮންމަނިކަކީ ސަރުކާރަށް 40 އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތް ކުރެއްވި، ދެވަނަ ޕެންޝަން ލިބިވަޑައިގެންނެވި ފަރާތެކެވެ.
https://twitter.com/IruthishamAdam/status/1650649315642310656
ދޮންމަނިކު އަވަހާރަވި އިރު ތިން ކައިވެންޏަކަށް 22 ބޭފުޅަކު ލިބިވަޑައިގެންފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް