ރާއްޖޭގެ ސިޔާދަތު ބާޒާރު ކޮތަޅަކަށް ލާފަ ވިއްކާލެވިދާނެކަމަށް ގަބޫލުކުރުމަކީ މޮޔަކަމެއް: ޝުޖާއު ހުސެއިން

ރައީސުލްޖުމްހޫރިއްޔާގެ ސިޓީކޮޅަކުން މި ރާއްޖޭގެ ސިޔާދަތު ބާޒާރު ކޮތަޅަކަށް ލާފައި ވިއްކާލެވިދާނެކަމަށް ގަބޫލުކުރުމަކީ މޮޔަކަމެއް ކަމުގައި ޝުޖާއު ހުސެއިން ވިދާޅުވެއްޖެއެވެ. ކުރިއަށް އޮތް ރިޔާސީ އިންތިހ...

24 Apr 2023 | 19:53

ރައީސުލްޖުމްހޫރިއްޔާގެ ސިޓީކޮޅަކުން މި ރާއްޖޭގެ ސިޔާދަތު ބާޒާރު ކޮތަޅަކަށް ލާފައި ވިއްކާލެވިދާނެކަމަށް ގަބޫލުކުރުމަކީ މޮޔަކަމެއް ކަމުގައި ޝުޖާއު ހުސެއިން ވިދާޅުވެއްޖެއެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވާފައިވާ ޝުޖާއު މިހެން ވިދާޅުވީ ޗާގޮސް މައްސަލައިގާ މިއަދު ކުރެއްވި ޓްވީޓެއްގައެވެ.

ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ނައިބު ރައީސްކަންވެސް ކުރިން ކުރެއްވި ޝުޖާއު ވިދާޅުވެފައިވަނީ މި ގައުމުގައި އޮތީ ވިރާސީ ރަސްކަމެއް ނޫންކަމަށެވެ. އަދި ދުނިޔޭގެ ނިޒާމުތައްވެސް ހުރީ ބޭނުންހާ ކަމެއް ކުރެވޭގޮތަކަށްވެސް ނޫން ކަމަށެވެ.

ޗާގޯސް މައްސަލައިގާ ޝުޖާއު މި ކަންބޮޑުވުން ފާޅުކުރައްވާފައިވާއިރު މިދިޔަ އަހަރު ރާއްޖޭގެ ސްޓޭންޑް ބަދަލުކޮށް، މޮރިޝަސްއާ އެއްކޮޅަށް ވޯޓު ދޭން ނިންމުމުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ބައެއް ދޫކޮށްލަން ސަރުކާރުން އެއްބަސްވީ ކަމަށް ބުނެ ގިނަ ބަޔަކު އަންނަނީ މިކަމުގައި ސަރުކާރަށް ވަރަށްބޮޑަށް ފާޑުކިޔުން އަމާޒުކުރަމުންނެވެ.

https://twitter.com/alameershujau/status/1650496231196725248

އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އިން މި މައްސަލާގައި މި އަންނަ ހުކުރު ދުވަހު ގޮތެއް ނިންމާނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް