ފާހާނާގައި ބަޖިޔާ ތެލުލަމުންދިޔަ ސައުދީ ރެސްޓޯރެންޓެއް ބަންދުކޮށްފި

ފާހާނާގައި ބަޖިޔާއާއި ހެދިކާ ތެލުލާތީ ސައޫދީ އަރަބިއްޔާގެ ރެސްޓޯރެންޓެއް ބަންދުކޮށްފިއެވެ. ސައުދީ ނޫސްތަކުން ބުނާގޮތުގައި ބަންދުކޮށްފައިވަނީ ޖިއްދާގައި ބަޖިޔަލާއި އެފަދަ ހެދިކާ ހެދުމުގައި މަޝްހޫރު ރެސ...

25 Apr 2022 | 15:56

ފާހާނާގައި ބަޖިޔާއާއި ހެދިކާ ތެލުލާތީ ސައޫދީ އަރަބިއްޔާގެ ރެސްޓޯރެންޓެއް ބަންދުކޮށްފިއެވެ.

ސައުދީ ނޫސްތަކުން ބުނާގޮތުގައި ބަންދުކޮށްފައިވަނީ ޖިއްދާގައި ބަޖިޔަލާއި އެފަދަ ހެދިކާ ހެދުމުގައި މަޝްހޫރު ރެސްޓޯރެންޓެކެވެ. ޖިއްދާ މުނިސިޕަލުން އެ ރެސްޓޯރެންޓް ރެއިޑްކުރީ އެ ރެސްޓޯރެންޓްގައި ބަޖިޔާފަދަ ހެދިކާ ތެލުލަނީ ފާހާނާގައިކަމަށް ރިޕޯޓެއް ލިބުމާއި ގުޅިގެންނެނެވެ.

ސައޫދީ އޮކާޒް ނޫހުގައި ބުނެފައިވާގޮތުގައި ޖިއްދާ މުނިސިޕަލުން ރެއިޑްކުރުމުގެ އެފަދަ އެތައް ކަމެއް އެނގިގެންދިޔައެވެ. އެގޮތުން ކާބޯތަކެތި ތައްޔާރުކުރުމުގައި ފާހާނާ ބޭނުންކުރާ ކަމާއި މުއްދަތު ހަމަވެފައިވާ ކުކުޅާއި ޗީޒް ބޭނުންކުރާކަމާއި އަދި ފާހާނާގައި ހެދިކާ ތެލުލާތާ 30 އަހަރަށްވުރެ ގިނަދުވަސްވެފައިވާކަން އެ ރެއިޑުން ފާހަގަވިކަމަށްވެސް ބުނެފައިވެއެވެެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް