އަބަދުވެސް ބޭނުންވަނީ ވަރަށް އާދައިގެ ކަންކަން: ރައީސް ނަޝީދު

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ އަދި ރައީސް ނަޝީދު ބޭނުންފުޅުވަނީ ވަރަށް އާދައިގެ ކަންކަންކަމުގައި އެމަނިކުފާނު ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް، އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަ...

25 Apr 2022 | 15:35

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ އަދި ރައީސް ނަޝީދު ބޭނުންފުޅުވަނީ ވަރަށް އާދައިގެ ކަންކަންކަމުގައި އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް، އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މިހެން ވިދާޅުވީ މިރޭ ކުރެއްވި ޓްވީޓެއްގައެވެ.

އެ ޓްވީޓްގައި ރައީސް ނަޝީދު ވިދާޅުވެފައިވަނީ އެމަނިކުފާނާއި އެމްޑީޕީން އަބަދުވެސް ބޭނުންވަނީ ވަރަށް އާދައިގެ ކަމެއް ކަމަށެވެ.

"އެއްވެސް ސަރުކާރަކުން ހިޔާނާތްތެރިނުވުން، އެކަކާއި އަނެކަކާއި ތަފާތު ނުކުރުން، އަނިޔާވެރި ނުވުން" ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ.

އިތުރަށް ވިދާޅުވެފައިވަނީ އެމްއެމްޕީއާރުސީ މައްސަލައާއި ވެންޓިލޭޓަރު މައްސަލަ ބެލުން އެއީ އިތުބާރު ލިބޭނެ ކަންކަން ކަމަށެވެ.

https://twitter.com/MohamedNasheed/status/1518584343282995201

ރައީސް ނަޝީދު މި މޭރުމުން މިރޭ ޓްވީޓް ކުރައްވާފައިވާއިރު އެމަނިކުފާނު މިހާރު އަންނަނީ ފާޅުގައި ސަރުކާރާއި ދެކޮޅަށް ވާހަކަފުޅު ދައްކަވަމުންނެވެ. ފާޅުގައި އެމަނިކުފާނު ނިކުމެވައިގެންފައިމިވަނީ ކުރިއަށް އޮތް އެ ޕާޓީގެ އެތެރޭގެ އިންތިހާބުގެ ހޫނު ގަދަވެފައިވާ ދަނޑިވަޅެއްގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް