މާލޭގެ މިސްކިތްތަކަށް އަރައި ހަތިމަށް ކުޅުޖެހުމާއި މިސްކިތްތަކަށް ކުޑަކަމުދިޔުންފަދަ މައްސަލަތަކުގައި ކުރިން ހައްޔަރުކޮށްފައިވާ ހަސަން ޒިޔާދު ބަރަހަނާ ހާލު މޫދުގައި އޮއްވާ ހައްޔަރުކޮށްފިއެވެ.
ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި މިކަމެއް ހިނގާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭގެ ވަގުތެއްގައެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ބަރަހަނާ ހާލު، މަސްވެރިންގެ ޕާކު ސަރަހައްދު މޫދުގައި އޮއްވާކަމަށްވެސް މައުލޫމާތު ލިބެއެވެ.
މި މައްސަލައިގާ އޭނާގެ ބަންދަށް މިހާރު 15 ދުވަސް ޖަހާފައިވާއިރު ކުރިންވެސް އެތައް ފަހަރަކު ހައްޔަރުކޮށް ބަންދުން ދޫކޮށްލާފައިވެއެވެ. ދޫކޮށްލަނީ ނަފްސާނީ މައްސަލައެއް ހުންނަ މީހެއް ކަމަށް ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް