ރާއްޖެއިން މިދިޔަ ހަފްތާގައި ކޯވިޑް-19 އަށް ޕޮސިޓިވްވީ 288 މީހުން ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.
އެ އިދާރާއިން ހަފްތާ އަކު އެއްފަހަރު އާންމު ކުރާ ތަފާސް ހިސާބުތަކުގައި މިއަދު އާންމު ކޮށްފައިވަނީ މި މަހުގެ 17 ވަނަ ދުވަހުން ފެށިގެން 23 ވަނަ ދުވަހާއި ހަމައަށް ކޯވިޑް ޖެހިފައިވާ މީހުންނާއި އިތުރު ތަފްސީލްތަކެވެ.
އެ މައުލޫމާތުތަކުގައި ވާގޮތުން އެ މުއްދަތުގައި މާލެ ސަރަހައްދުން ބަލި ޖެހުނީ 37 މީހުންނަށެވެ. އަތޮޅުތެރެއިން ބަލި ޖެހިފައިވަނީ 205 މީހުންނަށެވެ.
ސިނާއީ ރަށްތަކާއި ރިސޯޓުތަކުން ބަލި ޖެހިފައިވަނީ 46 މީހުންނަށެވެ.
ބަލީގައި މިދިޔަ ހަފްތާގައިވެސް މީހަކު މަރުވެފައެއް ނުވެ އެވެ. މިހާތަނަށް ކޯވިޑްގައި މަރުވެފައިވާ ޖުމްލަ އަކީ298ކެވެ.
މިހާތަނަށް ރާއްޖެއިން ކޯވިޑް ޖެހުނީ 179،171 މީހުންނަށެވެ.
ރާއްޖޭގެ ކޯވިޑް އާންމު ހާލަތަކަށް ގެނެވިފައިވާކަމަށް ނިންމައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ދެ އަހަރު ފަހުން މިދިޔަ މަހުގެ 13 ވަނަ ދުވަހު އެވެ. އެ ދުވަހު ވަނީ ކޯވިޑާއި ގުޅިގެން އެޅި ގިނަ ފިޔަވަޅުތައް އުވާލާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް