ޓްރީ ޓޮޕް ހޮސްޕިޓަލުން ސްލީޕް އަދި ސްނޯރިންގް ކްލިނިކުގެ ހިދުމަތް ފޯރުކޮށްދޭން ފަށައިފިއެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލުގެ ސްލީޕް އަދި ސްނޯރިންގް ކްލިނިކްއަކީ ނިދުމުގެ މައްސަލަތައް ދިމާވާ މީހުނަށް ހާއްސަ ހިދުމަތެކެވެ.
ނިދުމުގައި ދިމާވާ މައްސަލަތަކުގެ ތެރޭގައި ސްލީޕް އެޕްނިއާ (ނިދާފައި އޮންނައިރު އެކި ފަހަރު މަތިން ނޭވާ ހުއްޓުމާއި، ގުގުރި ދެމުން) ހިމެނެއެވެ. ސްލީޕް އެޕްނިއާގެ އެންމެ އާއްމު ވައްތަރަކީ އޮބްސްޓްރަކްޓިވް ސްލީޕް އެޕްނިއާއެވެ.
ސްލީޕް އެޕްނިއާގެ މައިގަނޑު އަލާމާތްތަކަކީ، ނިދުމުގެ ތެރޭގައި ނޭވާ ހުއްޓިފަ ފެށުމާއި، ނިދާފައި އޮންނައިރު ގުގުރި ދެމުމާއި ކުއްލި ސިހުމުގެ އަޑު އަދި ދުވާލުގަޑީގައި ވަރުބަލިވުން ހިމެނެއެވެ.
ގުގުރި ދެމުމަށް ކުރިމަތިވާ ސަބަބަކީ މީހާގެ ދޫ، އަނގަ، ކަރުތެރެ ނުވަތަ ނޭފަތް ނޭވާލާއިރު ގުޑުމުގެ ސަބަބުންވާ ކަމެކެވެ. މިއިން އަލާމާތެއް ފެނިއްޖެނަމަ އަވަހަށް ފަރުވާ ހޯދުމަކީ މުހިންމުކަމެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލުގެ ސްލީޕް އަދި ސްނޯރިންގް ކްލިނިކުން ނިދީގައި ދިމަވާ މައްސަލަތައް ހައްލުކުރުމަށް ހިދުމަތްތައް ފޯރުކޮށްދޭނެއެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލުގައި ސްލީޕް އަދި ސްނޯރިންގް ކްލިނިކުގެ ހިދުމަތްތައް ފޯރުކޮށްދިނުމުގައި އިސްކޮށް އުޅުއްވަނީ ފުއްޕާމޭގެ ހާއްސަ ޑރ. ރަގުލާން ރާޖާލިންގަމްއެވެ. ފުއްޕާމޭގެ ހާއްސަ ޑރ. ރަގުލާން އަކީ ސިއްހީ ދާއިރާގައި ދިހަ އަހަރައްވުރެ ގިނައިރު ހިދުމައްކުރައްވާފައިވާ ބޭފުޅެކެވެ. މީގެ އިތުރުން ޑރ. ރަގުލާން އަކީ އިންޑިއާގެ ޗެޓިނާޑް މެޑިކަލް ކޮލެޖް އަދި ރިސަރޗް އިންސްޓިޓިއުޓްގައި އެސޯސިއޭޓް ޕްރޮފެސަރގެ މަގާމް އަދާކުރައްވާ ބޭފުޅެކެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލަކީ ރާއްޖޭގެ ގިނަ ބައެއްގެ އިތުބާރު ހޯދައިފައިވާ، ޒަމާނީ ފެންވަރަށް ސިއްހީ ހިދުމަތް ފޯރުކޮށްދެމުން އަންނަ އެއް ހޮސްޕިޓަލެވެ.
އެގޮތުން މިހާރުވެސް މި ހޮސްޕިޓަލުން އަންނަނީ އެންމެ ފަހުގެ ވަސީލަތްތަކާއެކު އާ ހިދުމަތްތައް ތައާރަފުކުރަމުންނެވެ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް