އެމްޓީސީސީގެ ޓަގުތަކާއި ޑްރެޖަރުތަކަށް މުވައްޒަފުން ހޯދަން އިއުލާނުކޮށްފި

އެމްޓީސީސީގެ ޓަގުތަކާއި ޑްރެޖަރުތަކަށް މުވައްޒަފުން ހޯދަން އިއުލާނުކޮށްފިއެވެ. އެމްޓީސީސީން މިއަދު ކުރި އިއުލާނެއްގައި ބުނީ އެ ކުންފުނީގެ ޓަގުތަކާއި ޑްރެޖަރުތަކަށް ހީވާގި، މަސައްކަތަށް ޝައުޤުވެރިކަން ...

25 Apr 2022 | 08:13

އެމްޓީސީސީގެ ޓަގުތަކާއި ޑްރެޖަރުތަކަށް މުވައްޒަފުން ހޯދަން އިއުލާނުކޮށްފިއެވެ.

އެމްޓީސީސީން މިއަދު ކުރި އިއުލާނެއްގައި ބުނީ އެ ކުންފުނީގެ ޓަގުތަކާއި ޑްރެޖަރުތަކަށް ހީވާގި، މަސައްކަތަށް ޝައުޤުވެރިކަން ހުންނަ ދިވެހި މުވައްޒަފުން ބޭނުންވާ ކަމަށެވެ.

އެ ކުންފުނިންވަނީ ޑްރެޖް އޮޕަރޭޓަރ، މެރިން މެކޭނިކް  ޓްރެއިނީ (ޑްރެޖަރ) ގެ މަޤާމު އަދި ކްރޫ (ވޯކްބޯޓް) ގެ މަޤާމަށް ހަތަރު މީހަކު ހޯދަން އިއުލާނުކޮށްފައެވެ. ޑްރެޖް މާސްޓަރގެ މަޤާމު ހިމެނޭހެން ޓަގް އޮޕްރޭޓަރ ޓްރެއިނީ އަދި ޓަގް އޮޕަރޭޓަރގެ މަޤާމާއި، ޑްރެޖް އޮޕަރޭންސް ސުޕަވައިޒަރގެ މަޤާމާއި، ވެލްޑަރުންގެ މަޤާމަށް ދެ މީހަކު ހޯދަން އިއުލާނުކޮށްފައި ވެއެވެ.

އަދި ޑްރެޖް އޮޕަރޭޓަރ ޓްރެއިނީގެ މަޤާމަށް ހަ މީހަކު ހޯދަން އިއުލާނުކޮށްފައިވާއިރު މެކޭނިކް ޑްރެޖަރގެ މަޤާމަށް ތިން މީހަކު ހޯދަން އިއުލާނުކޮށްފައި ވެއެވެ.

މީގެ އިތުރުން ކްރޫޑްރެޖަރުންގެ މަޤާމަށް 20 މީހަކު ހޯދަން ބޭނުންވާ ކަމަށާއި، މެރިން މެކޭނިކްގެ މަޤާމަށް އެކަކު ހޯދަން ބޭނުންވާކަމަށް އިއުލާނުކޮށްފައި ވެއެވެ.

ޑްރެޖް އޮޕަރޭޓަރުންގެ މުސާރައިގެ ގޮތުގައި 12،000 ރުފިޔާ ކަނޑައެޅިފައިވާއިރު، އިތުރު ގަޑީގައި ކުރާ މަސައްކަތަށް ހަމަޖެހިފައިވާ އުޞޫލުގެ ދަށުން އިތުރުގަޑީގެ ފައިސާ އާއި ސްޓާފް މެޑިކަލް އިންޝުއަރެންސް ހަމަޖެހިފައި ވެއެވެ. މި މަޤާމުގެ ޝަރުތުކަމުގައި ބުނެފައި ވަނީ ޑްރެޖަރ އޮޕަރޭޓް ކުރުމުގެ މަސައްކަތުގައި  ދެއަހަރު ދުވަހުގެ ތަޖުރިބާލިބިފައި ވުމާއެކު މަސައްކަތަށް ޝައުގުވެރިކަން ހުރުމާއިއެކު ހީވާގި ކަމާއެކު މަސައްކަތްކުރެވޭނެ މީހަކު ކަމުގައިވުމެވެ.

ޑްރެޖް މާސްޓަރުންގެ މުސާރައިގެ ގޮތުގައި 13،000 ކަނޑައެޅިފައިވާއިރު، އިތުރު ގަޑީގައި ކުރާ މަސައްކަތަށް ހަމަޖެހިފައިވާ އުޞޫލުގެ ދަށުން އިތުރުގަޑީގެ ފައިސާ އަދި ސްޓާފް މެޑިކަލް އިންޝުއަރެންސް ހިމެނެއެވެ. އަދި މި މަގާމުގެ ޝަރުތު ކަމުގައި ބުނެފައި ވަނީ ޑްރެޖް މާސްޓަރެއްގެ ރޯލުގައި 03 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާލިބިފައިވުމާއެކު މަސައްކަތަށް ޝައުގުވެރިކަން ހުރުމާއިއެކު ހީވާގި ކަމާއެކު މަސައްކަތްކުރެވޭނެ މީހަކު ކަމުގައިވުން ކަމުގައި ބުނެފައި ވެއެވެ.

ޓަގް އޮޕަރޭޓަރުންގެ މުސާރައިގެ ގޮތުގައި 11،000 ރުފިޔާ ކަނޑައެޅިފައި ވާއިރު މި މަޤާމުގެ ޝަރުތުކަމުގައި ބުނެފައި ވަނީ ޓަގު ފަހަރު ދުއްވުމުގެ ލައިސަންސް ލިބިފައިވުމާއެކު އޮޕަރޭޓަރ މަސައްކަތުގައި ތަޖުރިބާލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ ކަމުގައި ބުނެފައި ވެއެވެ.

ޓަގް އޮޕަރޭޓަރ ޓްރެއިނީ ގެ މުސާރައިގެ ގޮތުގައި 11،000 ރުފިޔާ ކަނޑައެޅިފައި ވެއެވެ.  އިތުރު ގަޑީގައި ކުރާ މަސައްކަތަށް ހަމަޖެހިފައިވާ އުޞޫލުގެ ދަށުން އިތުރުގަޑީގެ ފައިސާ އަދި ސްޓާފް މެޑިކަލް އިންޝުއަރެންސް ހިމެނެއެވެ. މި މަޤާމުގެ ޝަރުތުކަމުގައި ބުނެފައި ވަނީ ޖީސީއީ އޯލެވެލް ހާސިލް ކޮށްފައިވުން، ނުވަތަ ޑްރެޖަރ އޮޕަރޭޓަރ މަސައްކަތުގައި ދެ އަހަރު ދުވަހުގެ ތަޖުރިބާލިބިފައިވުން ކަމުގައި ބުނެފައި ވެއެވެ.

މެރިން މެކޭނިކުންގެ މުސާރައިގެ ގޮތުގައި،  14،000 ރުފިޔާ ކަނޑައެޅިފައި ވާއިރު އިތުރު ގަޑީގައި ކުރާ މަސައްކަތަށް ހަމަޖެހިފައިވާ އުޞޫލުގެ ދަށުން އިތުރުގަޑީގެ ފައިސާ  އާއި ސްޓާފް މެޑިކަލް އިންޝުއަރެންސް ހަމަޖެހިފައި ވެއެވެ.

މި މަޤާމުގެ ޝަރުތުކަމުގައި ބުނެފައި ވަނީ މަގާމާއި ގުޅުން ހުރި ދާއިރާއަކުން މަދުވެގެން ދެ އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުމާއެކު

މަސައްކަތަށް ޝައުގުވެރިކަން ހުރުމާއިއެކު ހީވާގި ކަމާއެކު މަސައްކަތްކުރެވޭނެ މީހެއް ކަމުގައި ވާން ޖެހޭނެ ކަމަށެވެ.

ޑްރެޖް އޮޕަރޭޓަރ ޓްރެއިނީގެ މުސާރައިގެ ގޮތުގައި 11،000 ރުފިޔާ ކަނޑައެޅިފައި ވެއެވެ.  އިތުރު ގަޑީގައި ކުރާ މަސައްކަތަށް ހަމަޖެހިފައިވާ އުޞޫލުގެ ދަށުން އިތުރުގަޑީގެ ފައިސާ އަދި ސްޓާފް މެޑިކަލް އިންޝުއަރެންސް ހިމެނެއެވެ. މި މަޤާމުގެ ޝަރުތުކަމުގައި ބުނެފައިވަނީ ޖީސީއީ އޯލެވެލް ހާސިލް ކޮށްފައިވުން، ނުވަތަ ޑްރެޖަރ އޮޕަރޭޓަރ މަސައްކަތުގައި ދެ އަހަރު ދުވަހުގެ ތަޖުރިބާލިބިފައިވާން ޖެހޭ ކަމުގައެވެ.

މެރިން މެކޭނިކް ޓްރެއިނީ ޑްރެޖަރގެ މުސާރައިގެ ގޮތުގައި 11،000 ރުފިޔާ ކަނޑައެޅިފައިވާއިރު ސްޓާފް މެޑިކަލް އިންޝުއަރެންސް ހިމެނެއެވެ. އަދި މި މަޤާމުގެ ޝަރުތުކަމުގައި ބުނެފައި ވަނީ އިންޖީން ރިޕެއަރ އެންޑް މެއިންޓެނެންސް ފަދަ ދާއިރާއަކުން ލެވެލް ތިނެއް ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު މެރިން މެކޭނިކް ސެޓްފިކެޓް ހާސިލްކޮށްފައިވުން ނުވަތަ މަގާމާއި ގުޅޭ ދާއިރާއަކުން  މަދުވެގެން  އެއް އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުމާއެކު މަސައްކަތަށް ޝައުގުވެރިކަން ހުރި ހީވާގި ކަމާއެކު މަސައްކަތްކުރެވޭނެ މީހެއް ކަމުގައި ވުމެވެ.

ޑްރެޖް މެކޭނިކުންގެ މުސާރައިގެ ގޮތުގައި 11،000 ރުފިޔާ ކަނޑައެޅިފައިވާއިރު ސްޓާފް މެޑިކަލް އިންޝުއަރެންސް ހިމެނެއެވެ. އަދި މި މަޤާމުގެ ޝަރުތުކަމުގައި ބުނެފައި ވަނީ އިންޖީން ރިޕެއަރ އެންޑް މެއިންޓެނެންސް ފަދަ ދާއިރާއަކުން ލެވެލް ތިނެއް ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު މެރިން މެކޭނިކް ސެޓްފިކެޓް ހާސިލްކޮށްފައިވުން ނުވަތަ މަގާމާއި ގުޅޭ ދާއިރާއަކުން  މަދުވެގެން  އެއް އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުމާއެކު މަސައްކަތަށް ޝައުގުވެރިކަން ހުރި ހީވާގި ކަމާއެކު މަސައްކަތްކުރެވޭނެ މީހެއް ކަމުގައި ވުމެވެ.

ޑްރެޖް އޮޕަރޭންސް ސުޕަވައިޒަރގެ މުސާރައިގެ ގޮތުގައި 13،000 ކަނޑައެޅިފައިވާއިރު އިތުރު ގަޑީގައި ކުރާ މަސައްކަތަށް ހަމަޖެހިފައިވާ އުޞޫލުގެ ދަށުން އިތުރުގަޑީގެ ފައިސާ  އާއި ސްޓާފް މެޑިކަލް އިންޝުއަރެންސް ހަމަޖެހިފައި ވެއެވެ.

މި މަޤާމުގެ ޝަރުތުކަމުގައި ބުނެފައި ވަނީ ސުޕަވައިޒަރ ފެންވަރުގެ މަގާމެއްގައި 02 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުމާއެކު މަސައްކަތަށް ޝައުގުވެރިކަން ހުރުމާއިއެކު ހީވާގި ކަމާއެކު މަސައްކަތްކުރެވޭނެ މީހެއް ކަމުގައި ވުމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް