ހައިކޯޓުގެ ފަނޑިޔާރުން ކަމުގައިވާ އަބްދުއްރައޫފް އިބްރާހީމް އަދި އަބްދުﷲ ހަމީދު ފަނޑިޔާރުކަމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ހުށަހަޅައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި މައްސަލަ ދިރާސާ ކުރުމަށް ފޮނުވައިފައިވަނީ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށެވެ.
މި ދެފަނޑިޔާރުން ފަނޑިޔާރުކަމުން ވަކި ކުރަން ނިންމެވީ ގާނޫނުއަސާސީގެ 152 ވަނަ މާއްދާއާ ހިލާފަށް ފަނޑިޔާރުންނަށް ސަރުކާރުން ދޫކުރި ފްލެޓްތަކެއް ހާއްސަ އަގުތަކެއްގައި ދެ ފަނޑިޔާރުން ބައްލަވައިގަނެފައިވާ ކަމުގެ ތުހުމަތާ ގުޅިގެނެވެ.
އެކަމުގެ ބަދަލެއްގެ ގޮތުން ހައިކޯޓުގެ ގަޒިއްޔާއެއްގެ ހުކުމް ކުރުމަށް ނިންމި ކަމަށް ތުހުމަތުކޮށް އެ ކޮމިޝަނަށް ހުށަހަޅާފައިވާ މައްސަލައެއް ތަހުގީގުކޮށް ބެލިބެލުމުން، ހައިކޯޓުގެ ފަނޑިޔާރުންނަށް ސަރުކާރުން ދިން ފްލެޓްތަކަކީ ގާނޫނުއަސާސީއާ ހިލާފަށް އަދި ރައްޔިތުންގެ މަޖިލީހުގެ އެއްވެސް ދައުރެއް ނެތި އެ މަޖިލީހުގެ އެއްވެސް ކަނޑައެޅުމެއް ނެތި ސީދާ ސަރުކާރުން ފަނޑިޔާރުންނަށް ދިން އިނާޔަތެއްގެ ގޮތުގައި ދިން ފްލެޓްތަކެއްކަން ސާބިތުވާ ކަމަށް ޖޭއިސްސީން ބުނެއެވެ.
ދެ ފަނޑިޔާރުން ވަކިކުރަން ނިންމިއިރު ހައިކޯޓްގެ ފަނޑިޔާރަކަށް ހުންނެވި އަހުމަދު ސަމީރު ވަނީ މަގާމުން އިސްތިއުފާ ދެއްވާފަ އެވެ. ސަމީރަކީ އޭރު ފްލެޓަކާއި ހަވާލުވެވަޑައިގެންނެވި ބޭފުޅެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް