ހުޅުމާލޭން 70 ޕާކިން ޖާގަ ކުއްޔަށް ދޫކުރަން ނިންމައި، ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
އެޗްޑީސީން ބުނީ އުޅަނދު ޕާކުކުރުމަށް 70 ޖާގަ ދޫކުރާން ނިންމާފައިވަނީ ދެ ސަރަހައްދަކުން ކަމަށެވެ. އެއީ ފެރީ ޓާމިނަލް ކައިރިން "ފިތުރޯނު ޕާކިން" އާއި ރެޑްވޭވް މެގަމޯލް ކައިރިން "އުނިމާ ޕާކިން" އިންނެވެ.
ފިތުރޯނު ޕާކިންއިން ދޫކުރުމަށް ހަމަޖެހިފައިވަނީ 50 ޖާގަ އެވެ. އަދި "އުނިމާ ޕާކިން" އިން ދޫކުރުމަށް އެޗްޑީސީން ނިންމާފައިވަނީ 20 ޖާގަ އެވެ.
މި ޕާކިން ޖަގަތަށް ކުއްޔަށް ދޫކުރަން ނިންމާފައިވަނީ ތިން މަސް ދުވަހުގެ މުއްދަތަށެވެ.
އެކަމަށް ޝައުގުވެރިވާ މީހުންނަށް ބީލަން ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަނީ އަންނަ ބުރާސްފަތި ދުވަހުގެ ހެނދުނު 10 އިން 11 އާ ދެމެދު އެޗްޑީސީގެ ހެޑް އޮފީހުގަ އެވެ.
ބީލަން ފޯމު ހުޅުވުން އޮންނަނީ 11:15 ގަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް