އެންވަޔަރަމަންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) ގެ އެންވަޔަރަމަންޓް ރިސްޓޮރޭޝަން ޓްރަސްޓް ފަންޑްގެ ހިންގާ ކޮމިޓީ އަށް މެމްބަރަކު ހޯދަން އަނެއްކާ ވެސް އިއުލާންކޮށްފި އެވެ.
އިޕީއޭއިން ބުނީ އަލުން ފުރުސަތު ހުޅުވައިލީ ފަންޑްގެ ހިންގާ ކޮމިޓީގައި ޖަމިއްޔާ ޖަމާއަތްތަކުން ތަމްސީލުކުރާނެ މެމްބަރަކު ހޯދަން ފެބްރުއަރީ މަހުގެ ކުރީކޮޅު އިއުލާންކުރުމުން އެއްވެސް މީހަކު ކުރިމަތިލާފައި ނުވާތީ ކަމަށެވެ.
މި މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ އަންނަ މަހުގެ 12 އާއި ހަމައަށެވެ.
އީޕީއޭ އިން ބުނި ގޮތުގައި ކުރިމަތިލާ މީހަކީ ތިމާވެށީގެ ދާއިރާއިން ނުވަތަ ވެށްޓާ ގުޅޭ މުހިއްމު ދާއިރާއަކުން ދަށްވެގެން ރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް ހަތެއް ނުވަތަ އަށެއް ގެ ސަނަދެއް ހާސިލުކޮށްފައިވާ މީހަކަށް ވާން ޖެހޭނެކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް