ލޯކަލް ކައުންސިލްތަކާއި ބިން ހަވާލު ކުރުމާއި ކައުންސިލްތަކުން ބިން މިލްކުވެރި ކުރުމާއި ބެހޭ ގަވައިދު އުވާލައިފި އެވެ.
މި ގަވައިދު ހަދައި ގެޒެޓުކޮށްފައިވަނީ25 ޖުލައި2017 ގައި އެވެ. މި ގަވައިދަކީ ދައުލަތުގެ އިދާރާތަކުން އަންގާ ގޮތެއްގެ މަތިން ކައުންސިލްތަކުގެ އިހްތިސާސް ހިނގާ ސަރަހައްދުތަކުގެ ހުރި ދައުލަތުގެ ބިންތައް ބެލެހެއްޓަން ހަވާލު ކުރުމަށް ހެދި ގަވައިދެކެވެ.
މި ގަވައިދުގެ ދަށުން މިދިޔަ ފަސް ވަރަކަށް އަހަރުގެ ތެރޭގައި ކައުންސިލްތަކާއި ހަވާލުކޮށްފައިވާ ރަށްތަކެއް ސަރުކާރަށް ނަގާފައިވެ އެވެ. އަދި ޓޫރިޒަމްގެ ބޭނުމަށް ބައެއް ރަށްތައް ނެގުމުން ބައެއް ރަށްރަށުގެ ކައުންސިލުން ހިތްހަމަ ނުޖެހުން ފާޅުކޮށްފައިވެ އެވެ.
ޕްލޭނިން މިނިސްޓްރީން ބުނީ މިގަވައިދު އިއްޔެއިން ފެށިގެން އުވާލާފައިވާ ކަމަށެވެ. ގަވައިދު އުވާލި ސަބަބު ހާމައެއް ނުކުރެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް