ޑައިރެކްޓަރު ސަންދީޕް ރެޑީ ވަންގާގެ ކުރިއަށް އޮތް ފިލްމު "އެނިމަލް" މީގެ ދެ ދުވަސް ކުރިން މަނާލީގައި ވަނީ ޝޫޓިން ތަކެއް ކުރިޔަށް ގެންގޮސްފަ އެވެ. މި ފިލްމުގައި އަނިލް ކަޕޫރާއި ބޮބީ ޑިއޯލް އާއެކު ރަންބީރު ކަޕޫރާއި ރަޝްމިކާ މަންދަނާ ވެސް ފެނިގެންދެ އެވެ.
މީގެ ކުރިން ރަންބީރު ވަނީ މަނާލީގައި އޭނާގެ ސަޕޯޓަރުންނާއެކު ޕޯޒްކުރާ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ވައިރަލްވެފަ އެވެ. މިހާރު މި ފިލްމުގެ ޝޫޓިންގައި ރަންބީރާއި ރަޝްމިކާ ފެނިގެންދާ ވީޑިއޯއެއް ސޯޝަލް މީޑިއާއަށް ވަނީ އަރާފަ އެވެ.
ސޯޝަލް މީޑިއާގައި ބުރުޖަހަމުން އަންނަ ކުރު ކްލިޕެއްގައި ރަންބީރު ފެންނަނީ މުޅިން ހުދު ކުރްތާ ޕިޖާމާ އެއް އަޅައިގެން ހުންނަ އިރު ރަޝްމިކާ ފެންނަނީ ރަތް ކުލައިގެ ސާރީއަކުންނެވެ. މި ފިލްމުގައި ރަންބީރާއި ރަޝްމީކާގެ ފުރަތަމަ އޮންސްކްރީން ކޮލަބޮރޭޝަން ފާހަގަކުރެއެވެ.
ހައި އެކްސްޕެކްޓޭޝަންތައް ވަރަށް ރަނގަޅަށް އެނގިހުރެ ސަންދީޕް ރެޑީ އާއެކު ނެރޭ މި ފިލްމަކީ އޭނާގެ އޯގާތެރި އަދި ކުޅަދާނަ މައުޟޫއަކަށް ތައްޔާރުކޮށްފައިވާ ފިލްމެކެވެ. މި ފިލްމުގައި ރަންބީރު ކަޕޫރު ހުށަހަޅައިދޭނީ މުޅިން ތަފާތު ރޯލަކުންނެވެ. ހަގީގަތުގައި ރަންބީރު ވަނީ މި ފިލްމުގެ މޭކްއޯވާއެއް ހަދާފަ އެވެ.
އެނިމަލް އަކީ ދެކުނު އިންޑިއާގެ ހުރިހާ ބަހަކާއި ހިންދީ ބަހުން ނެރުމަށް ހަމަޖެހިފައިވާ ޕާން-އިންޑިއާ ޕްރޮޖެކްޓެކެވެ. މި ފިލްމުގެ މުހިންމު ރޯލުތަކުން ބައެއް މަޝްހޫރު އެކްޓަރުން ފެނިގެންދާ މޮޅު ކޮމްބިނޭޝަންގެ ސަބަބުން މި ޕްރޮޖެކްޓަށް މިހާރުވެސް ވަނީ އެކަށީގެންވާ ހިތްވަރެއް ލިބިފަ އެވެ.
މި ފިލްމުގައި ރަޝްމިކާ މަންދަނާ އާއި އަނިލް ކަޕޫރުގެ އިތުރުން ބޮބީ ޑިއޯލް ވެސް ބައިވެރިވެ އެވެ. ބޫޝަން ކުމާރު، މުރާދު ޚެތާނީ އަދި ޕްރަނާވް ރެޑީ ވަންގާ ގުޅިގެން ޓީ ސީރީޒް، ސިނެ1ސްޓޫޑިއޯސް އަދި ބަހާދްރަކާލީ ޕިކްޗާސްގައި ޝަރަފުވެރި ކަމާއެކު މި ފިލްމު ޕްރޮޑިއުސް ކުރާނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް